Advertisement

ވިލާ ދަނޑުގެ މެޗަށް މެކަބީ ޓެލް އަވީވް ސަޕޯޓަރުން ނުވައްދާނެ

18 އޮކްޓޯބަރު 2025 - 08:53 0


ވިލާ ދަނޑުގެ މެޗަށް މެކަބީ ޓެލް އަވީވް ސަޕޯޓަރުން ނުވައްދާނެ

18 އޮކްޓޯބަރު 2025 - 08:53 0

ބާމިންހަމް (އޮކްޓޫބަރު 18) - ޔޫރޮޕާ ލީގުގައި އަންނަ މަހު ހަ ވަނަ ދުވަހު އެސްޓަން ވިލާ ދަނޑުގައި އިޒްރޭލުގެ މެކަބީ ޓެލް އަވީވުން ކުޅޭ މެޗު ބަލަން ދަނޑަށް އެ ކްލަބްގެ ސަޕޯޓަރުން ވެއްދޭނެ މާހައުލެއް ނެތް ކަމަށް ކަނޑައަޅައިފި އެވެ.

އިޒްރޭލުން ފަލަސްތީނަށް އަރައި ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން ޔޫރަޕްގައި، އިޒްރޭލާ ދެކޮޅަށް ކުރަމުން އަންނަ މުޒާހަރާތަކާއި ބާއްވަމުން އަންނަ އެއްވުންތައް އަންނަނީ އިތުރުވަމުންނެވެ. އަދި، މި ކަމުގެ އަސަރު އިޒްރޭލް ގައުމީ ޓީމާއި އެ ގައުމުގެ ކްލަބްތަކުން ކުޅެމުން އަންނަ މެޗުތަކަށް ވެސް ވަނީ ފޯރައިފަ އެވެ.

އެ ގޮތުން، އަޔަކްސް ދަނޑުގައި މިދިޔަ އަހަރުގެ ޔޫރޮޕާ ލީގުގައި މެކަބީ ޓެލް އަވީވް އާއި އަޔަކްސް ކުޅުނު މެޗުގެ ތެރެއިން ގިނަ ހަމަނުޖެހުންތަކެއް ހިނގާފައިވާކަން، އެސްޓަން ވިލާ ސަރަހައްދުގެ ވެސްޓް މިޑްލަންޑް ޕޮލިހުން ވަނީ ފާހަގަކޮށްފަ އެވެ.

އެ ހުރިހާ ކަމަަކަަށް ބަލައި، ވެސްޓް މިޑްލަންޑް ޕޮލިހާ ވާހަކަ ދެއްކުމަށް ފަހު، އެ ކްލަބުން މިހާރު ނިންމާފައިވަނީ، މެކަބީ ޓެލް އަވީވްގެ ސަޕޯޓަރުން ނުވައްދައި މެޗު ކުޅުމަށެވެ.

މެކަބީ ޓެލް އަވީވްގެ ސަޕޯޓަރުން ނުވެއްދުމަށް އައި އެ ނިންމުމާ މެދު އެ ކްލަބްގެ ސަޕޯޓަރުންގެ ނުރުހުން ވަނީ އެސްޓަން ވިލާ އާއި ޔުއެފާ އަށް އަމާޒުވެފަ އެވެ. ޔުއެފާ އިން ބުނެފައިވަނީ، ސެކިއުރިޓީ ކަންކަން ބަލަހައްޓަނީ ހޯމް ޓީމުގެ މެނޭޖްމަންޓުން ކަމަށާއި އެ މީހުން ކަންކަން ބަލައިފައި ނިންމާ ސަލާމަތީ ފިޔަވަޅުތަކާ ދެކޮޅަށް ބަސްބުނެވޭނެ ޖާގައެއް ޔުއެފާ އަށް ނެތް ކަމަށެވެ. އެހެން ނަމަވެސް، ޔުއެފާ އިން އަބަދުވެސް އެދެނީ ހުރިހާ ބަޔަކަށް ވެސް މެޗު ބެލުމުގެ މާހައުލު ކަށަވަރުވާނެ ގޮތަށް މެޗުތައް ރޭވިގެންދިއުމަށް ކަމަށް ވަނީ ބުނެފަ އެވެ.