Advertisement

ކޮޅުވެއްޓި ބަންޑުން ޖަހާލުން: ހަ މީހުން އައިޖީއެމްއެޗަށް ގެންގޮސްފި، އެކަކު ނެގީ ކަނޑު އަޑިން

2 ނޮވެންބަރު 2025 - 17:26 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކޮޅުވެއްޓި ބަންޑުން ޖަހާލުން: އެކަކު ނެގީ ކަނޑު އަޑިން ކަމަށް އެމްއެންޑީއެފް އިން ބުނޭ -- ފޮޓޯ: އެމްއެންޑީއެފް


ކޮޅުވެއްޓި ބަންޑުން ޖަހާލުން: ހަ މީހުން އައިޖީއެމްއެޗަށް ގެންގޮސްފި، އެކަކު ނެގީ ކަނޑު އަޑިން

2 ނޮވެންބަރު 2025 - 17:26 0

މާލެ އެމްޕީއެލް ބަނދަރު ބޭރުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި މިއަދު ހިނގި ހާދިސާގައި ހަތަރުވަނަ މީހަކު ކަނޑު އަޑިން ނަގައިގެން ހޮސްޕިޓަލަށް ގެންގޮސްފި އެވެ.

އެމްއެންޑީއެފް އިން ބުނީ ކޮޅުވެއްޓިި ތެރޭގައި މީހަކު ހުރި ކަމުގެ މައުލޫމާތު ލިބިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް ކަނޑު އަޑިން ފެނިގެން އޭނާ ނަގައިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

"މި ހާދިސާ ހިނގި އިރު، ބަންޑުންޖަހާލި ލޭންޑިންކްރާފްޓްގެ ތެރޭގައި މީހަކު ހުރި ކަމުގެ މައުލޫމާތު ލިބިގެން އެ މީހާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ކުރި މަސައްކަތުން، އެ މީހާ ވަނީ ނަގާފައި،" އެމްއެންޑީއެފް އިން ބުންޏެވެ.

ފުލުހުން ބުނީ އެ ހާދިސާގައި ޖުމްލަ ހަ މީހަކު މިހާތަނަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އެއީ ހަތަރު ދިވެހިންނާއި ދެ ބިދޭސީން ކަމަށް ފުލުހުން ބުންޏެވެ.

އައިޖީއެމްއެޗަށް ގެންދިޔަ ހަ މީހުންގެ ތެރެއިން ތިން މީހުންނަށް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ކުރިން ބުންޏެވެ. ނަމަވެސް އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

ޅުވެއްޓި ބަންޑުން ޖަހާލި ސަރަހައްދުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑާއި ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ އިތުރުން ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މިއީ މިދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައިގެން ހިނގި މިފަދަ ތިންވަނަ ހާދިސާ އެވެ. މިދިޔަ ޖޫން މަހު ހިނގި ހާދިސާގައި ދެ މީހުން މަރުވިއިރު، މިދިޔަ މަހު ހިނގި ހާދިސާގައި ވެސް ތިން މީހަކު ވަނީ މަރުވެފަ އެވެ.