Advertisement

ބަޖެޓު 2026: ޑެފިސިޓް ފޫބައްދަން އެސްޑީއެފް އިން 4.2 ބިލިއަން ރުފިޔާ ނަގަނީ

1 ނޮވެންބަރު 2025 - 20:48 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުހައްމަދު މުއިއްޒު، ފިނޭންސް މިނިސްޓަރު ޒަމީރު އާއެކު: ޑެފިސިޓް ފޫބައްދަން އެސްޑީއެފް އިން 4.2 ބިލިއަން ރުފިޔާ ނަގަން ސަރުކާރުން ވަނީ ނިންމާފަ --- ފޮޓޯ: ރައީސް އޮފީސް


ބަޖެޓު 2026: ޑެފިސިޓް ފޫބައްދަން އެސްޑީއެފް އިން 4.2 ބިލިއަން ރުފިޔާ ނަގަނީ

1 ނޮވެންބަރު 2025 - 20:48 1

ދައުލަތުގެ ބަޖެޓުގެ ޑެފިސިޓު ފޫބައްދަން ސޮވެރިން ޑިވެލޮޕްމަންޓު ފަންޑު (އެސްޑީއެފް) އިން ގިނަ އަދަދެއްގެ ފައިސާ ނަގަން ނިންމާ އެކަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި އެވެ.

ސަރުކާރުން މަޖިލީހަށް މިހާރު ފޮނުވާފައިވާ ބަޖެޓުގައި އެސްޑީއެފް އިން ނަގާނެ ކަމަށް ޖަހާފައިވަނީ 4.2 ބިލިއަން ރުފިޔާ އެވެ. މިއީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ޑެފިސިޓު ފޫބެއްދުމަށް އެސްޑީއެފް އިން ފައިސާ ނަގާ ފުރަތަމަ ފަހަރެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެސްޑީއެފް އިން ނަގަން ނިންމާފައި އަދަދު އަންނަ އަހަރު އެ ފަންޑަށް ޖަމާވާނެ ކަމަށް ސަރުކާރުން ލަފާކުރާ އަދަދަށްވުރެ ގިނަ އެވެ. އަންނަ އަހަރު އެސްޑީއެފް އަށް ޖަމާވާނެ ކަމަށް ލަފާކޮށްފައިވަނީ 2.4 ބިލިއަން ރުފިޔާ އެވެ.

މި އަހަރު އެސްޑީއެފް އަށް ޖަމާވާނެ ކަމަށް ލަފާކުރީ 2.1 ބިލިއަން ރުފިޔާ އެވެ. ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި މާލީ ހިސާބުތަކުން ދައްކާ ގޮތުގައި އޮކްޓޯބަރު 30، އާ ހަމައަށް އެ ފަންޑަށް ޖަމާކޮށްފައިވަނީ 1.7 ބިލިއަން ރުފިޔާ އެވެ. އެސްޑީއެފްގެ ޖުމްލަ ބެލެންސް ފިނޭންސުން މިހާރު ހާމައެއް ނުކުރެ އެވެ.

ނަމަވެސް، ފިނޭންސުން އަދަދު ނޫހާ ހިއްސާކުރި އަދަދުތަކުގެ މައްޗަށް ހިސާބުކުރާއިރު، މިދިޔަ އަހަރުގެ ނިޔަލަށް އެސްޑީއެފްއަށް ޖަމާކުރި 233 މިލިއަން ޑޮލަރުގެ ތެރެއިން 195 މިލިއަން ޑޮލަރު ހުރީ ޓީބިލުތަކަށް އިންވެސްޓުކޮށްފަ އެވެ. ބާކީ ހުރި 37 މިލިއަން ޑޮލަރުގެ ތެރެއިން ނަގުދު ފައިސާގެ އަދަދަކީ ބޭންކުތަކުގެ ފިކްސްޑް ޑިޕޮސިޓުތަކުގައި އިންވެސްޓުކޮށްފައި ހުރި އަދަދު ކެނޑުމުންވާ ވަރެކެވެ.

އެސްޑީއެފް އިން ގިނަ އަދަދެއްގެ ފައިސާ ނަގަން ބަޖެޓުގައި ހިމަނާފައިވާއިރު، އެ ފަންޑުގައި ހަމައެކަނި ޑޮލަރު ބަަހައްޓާ ގޮތަށް ގެންގުޅުނު ސިޔާސަތު ބަދަލުކޮށް، އެ ފަންޑު ޑޮލަރުން ބަލަހައްޓަން ދަތިވާނެ ކަމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން މިދިޔަ އޮގަސްޓު މަހުގެ ތެރޭ ވަނީ އަންގާފަ އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގެ ހަރަދުތައް ހަމަޖައްސަން 26.2 ބިލިއަން ރުފިޔާގެ ފައިނޭންސިން ހޯދަން ޖެހެ އެވެ.

މި ހަރަދު ބޮޑުވީ މައިގަނޑު ސަބަބަކީ އަންނަ އަހަރު ސުކޫކު ދައްކަން ކުރަން ޖެހޭ ހޭދަ ބޮޑުވުން ކަމަށް ސަރުކާރުން ބުނެ އެވެ. އެ ގޮތުން ދަރަނި ދައްކަން 12.9 ބިލިއަން ރުފިޔާ އަދި ބަޖެޓު ޑެފިސިޓު ފޫބައްދަން 8.8 ބިލިއަން ރުފިޔާ ބޭނުންވާ ކަމަށް ބުރާސްފަތި ދުވަހު ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި އެވެ.