Advertisement

ލިލީ ފިލްމަށް ޓިކެޓު ނަގައިގެން ގަވިންގެ ބަދިގެ ސެޓެއް

1 ނޮވެންބަރު 2025 - 21:18 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ލިލީ ފިލްމަށް ޓިކެޓު ނަގައިގެން ގަވިންގެ ބަދިގެ ސެޓެއް

1 ނޮވެންބަރު 2025 - 21:18 0

ލިލީ ފިލްމަށް މި މަހުގެ 19 ގެ ކުރިން ޓިކެޓް ނަގާ މީހުންގެ ތެރެއިން ނަސީބުވެރިޔަކަށް ކަވިންގެ ކަސްޓަމް މޭޑް ބަދިގެ ސެޓެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކަސްޓަމް ފަރުނީޗަރު ހެދުމަށް މިހާރު ރާއްޖޭގައި އެންމެ މަގުބޫލު ގަވިން އިން މި މަހުގެ 20 ވަނަ ދުވަހު އޮލިމްޕަހުގައި އަޅުވާ ލިލީ ފިލްމަށް ޓިކެޓު ގަންނަ މީހުންގެ ތެރެއިން ނަސީވެރިޔާއަށް ބަދިގެ ސެޓުގައި އުނދުން ހުޑް އަދި ސިންކް ހިމެނޭހެން ބޭނުންވާ ގޮތަކަށް ގަވިން އިން ކަސްޓަމައިޒްކޮށްދޭނެ އެވެ.

"ނަސީބުވެރި ފަރާތް ހޮވާ ގޮތަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ގެ ކުރިން ޓިކެޓް ނަގާ މީހުންގެ މެދުގައި. ނަސީބުވެރިޔާ ބޭނުންވާ ގޮތަށް ބަދިގެ ސެޓް ކަސްޓަމައިޒްކޮށްދޭނެ،" ގަވިން އިން ބުންޏެވެ.

ގަވިން އިން ވިޔަފާރިކުރާ މީހުންނަށް ބީއެމްއެލް އިސްލާމިކް، އެމްއައިބީ އަދި އެމްއެފްއެލްސީފަދަ ފައިނޭންޝަލް ސްކީމްތައް މެދުވެރިކޮށް ވެސް ވިޔަފާރި ކުރެވޭނެ އެވެ.

ގަވިންގެ ދެ ފިހާރައެއް މާލޭގައި ހުންނައިރު ހުޅުމާލޭގައި ވެސް ފިހާރައެއް ހުރެ އެވެ. އެތަނުން ފަރުނީޗަރުގެ އިތުރުން އުނދުން، ހުޑް، މައިކްރޯވޭވްގެ އިތުރުން ހާޑްވެއާގެ އެކި ސާމާނުތައް ލިބެން ހުރެ އެވެ.

ގަވިން އިން އަންނަނީ އެތަނުން އަލަށް ހުޅުވި ބާޒާރު ގަވިން މެދުވެރިކޮށް އިންޓީރިއާއިން ފެށިގެން ފަރުނީޗަރާއި ހާޑްވެއާ ސާމާނުތައް ރަށްރަށަށް ފޯރުކޮށްދިނުމުގެ ހިދުމަތް ފަސޭހަކަމާއެކު ދެމުންދާ ކަމަށެވެ.

ގަވިން ހުޅުމާލެ - 9588899

ގަވިން މާލެ - 9588833

ބާޒާރު ގަވިން - 9428899