Advertisement

އައިކެއާއިން މިއަދު ސޯޝަލް ސެންޓަރުގައި ހިލޭ ލޯ ޓެސްޓުކޮށް ދެނީ

31 އޮކްޓޯބަރު 2025 - 09:48 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އައިކެއާއިން މިއަދު ސޯޝަލް ސެންޓަރުގައި ހިލޭ ލޯ ޓެސްޓުކޮށް ދެނީ

31 އޮކްޓޯބަރު 2025 - 09:48 0

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ލޮލުގެ ފަރުވާ ދޭ އައިކެއާއިން މިއަދު ހަވީރުން ފެށިގެން ސޯޝަލް ސެންޓަރުގައި ހިލޭ ލޯ ޓެސްޓުކޮށްދޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

އައިކެއާއިން ވޯލްޑް ސައިޓް ޑެ އާ ގުޅިގެން ބާއްވާ ހަރަކާތް ކުރިއަށްގެންދަން ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 10:00 ޖެހުމާ ހަމައަށެވެ.

އައިކެއާއިން ބުނީ އެ ހަރަކާތަކީ އާއިލާތަކާ އެކު ހިތް އުފާކޮށްލެވޭ ގޮތަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.

"ހަރަކާތުގެ ތެރެއިން ކޮންމެ މީހަކަށް ވެސް ހިލޭ ލޯ ޓެސްޓުކޮށްލުމުގެ ފުރުސަތު ލިބޭނެ. އަދި، ހަރަކާތުގައި ބައިވެރިވާ މީހުންނަށް ހާއްސަ އޮފާތަކާއި ހަދިޔާތައް ދޭން ވެސް ވަނީ ހަމަޖެހިފައި،" އައިކެއާއިން ބުންޏެވެ.

ހަރަކާތުގެ ތެރެއިން އައިކެއާއިން ބާއްވާ ދަރިވަރުންގެ އާޓް މުބާރާތުގެ ކުރެހުންތައް ދައްކާލުމާއި، އައިކެއާގެ ޑޮކްޓަރުންނާއި ބައްދަލުކޮށްލުމުގެ ފުރުސަތުގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކާއި، ރޭގަނޑު ލައިވް މިއުޒިކް އަދި ކާނާގެ ބާވަތްތައް ލިބޭ ސްޓޯލްތައް ވެސް ހުންނާނެ އެވެ.

މި ހަރަކާތުގެ ތެރެއިން ޑައިބެޓިކް ސޮސައިޓީ އޮފް މޯލްޑިވްސްއާ ގުޅިގެން ހަކުރު ބައްޔަށް މީހުން ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކެއް ބާއްވަން ވެސް ވަނީ ހަމަޖެހިފަ އެވެ.

ވޯލްޑް ސައިޓް ޑޭ ފާހަގަކުރަން އައިކެއާއިން އަންނަނީ ކޮންމެ އަހަރަކު ވެސް ގިނަ ހަރަކާތްތަކެއް ބާއްވާ، އެކި އޮފާތަކާއި ހަދިޔާތައް ދެމުންނެވެ. އެ ހަރަކާތްތަކުގައި ގިނަ ބަޔަކު ބައިވެރިވެފައިވެ އެވެ.

މި އަހަރުގެ ވޯލްޑް ސައިޓް ޑޭ ފާހަގަކުރަން އައިކެއާއިން ބާއްވާ ކުލަގަދަ ހަރަކާތުގައި ވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެ ކުންފުނިން ވަނީ ދައުވަތު ދީފަ އެވެ.