Advertisement

ގްރީން ސްޓްރީޓްސްގެ ޗެއާޕާސަނަކަށް މެމްބަރު އަފޫ

30 އޮކްޓޯބަރު 2025 - 11:17 0

ރައްޔިތުންގެ މަޖިލީހުގެ ނ. ކެނދިކުޅުދޫ ދާއިރާގެ މެންބަރު، މުހައްމަދު އަފޫ ހާމިދު.


ގްރީން ސްޓްރީޓްސްގެ ޗެއާޕާސަނަކަށް މެމްބަރު އަފޫ

30 އޮކްޓޯބަރު 2025 - 11:17 0

ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ، ކުލަބް ގްރީން ސްޓްރީޓްސްގެ ޗެއާޕާސަންގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ނ. ކެނދިކުޅުދޫ ދާއިރާގެ މެންބަރު، މުހައްމަދު އަފޫ ހާމިދު އިންތިހާބުކޮށްފި އެވެ.

މި މަހުގެ 26 ވަނަ ދުވަހު ގްރީން ސްޓްރީޓްސްގެ ލީޑަޝިޕްގެ ބައެއް މަގާމުތަކަށް މެމްބަރުން ވަނީ އިންތިހާބުކޮށްފަ އެވެ. އެއީ، ޗެއާޕާސަންގެ މަގާމަށް އަފޫގެ އިތުރުން، ވައިސް ޗެއާޕާސަންގެ މަގާމަށް ކުރީގެ ކްލަބްގެ ރައީސް އަދި އެފްއޭއެމްގެ ކުރީގެ ހިންގާ ކޮމިޓީގެ މެމްބަރު، މުއާވިޔަތު ހަލީލް (މުއާބެ) އެވެ.

އަފޫ އާއި މުއާބެގެ އިތުރުން، ދެން ކްލަބްގެ ހިންގާ ކޮމިޓީގައި ހިމެނެނީ، ވައިސް ޗެއާޕާސަން، އިބްރާހީމް ޢަބްދުﷲ، އިދާރީ ސެކްރެޓަރީ، އިބްރާހީމް އާޒިމް، އިދާރީ ސެކްރެޓަރީގެ ނައިބަކަށް މުހައްމަދު ޔާމީން އަހުމަދު، ހަޒާންދާރަކަށް ޔޫޝައު ލަތީފް، ހަޒާންދާރުގެ ނައިބަކަށް އަހުމަދު އިހުތިސާމް އަދި ކްލަބްގެ މީޑިއާ ކޯޑިނޭޓަރަކަށް ހުސެއިން ފައުޒާން އެވެ.


ގްރީން ސްޓްރީޓްސްގެ ލީޑަޝިޕަށް ސަރުކާރު ހިންގާ ޕާޓީގެ މެމްބަރު، އަފޫ އިންތިހާބުވިއިރު، މި ވަގުތު ވިކްޓަރީ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ލީޑަޝިޕްގައި ތިބީ ސަރުކާރުގެ އިސްވެރިންނެވެ. ނިއު ރޭޑިއަންޓްގެ ޗެއާމަނަކީ، ސަރުކާރުގެ އިސް ފަރާތެއް ކަމަށްވާ، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު މުބީން އެވެ. ވިކްޓަރީގެ ރައީސަކީ، ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު، އަބްދުﷲ ޝަރީފް އެވެ.

ރާއްޖޭގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް 2016 ވަނަ އަހަރު ކާމިޔާބުކޮށް، 2017 ވަނަ އަހަރުން ފެށިގެން ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ކްލަބް ގްރީން ސްޓްރީޓްސް އަށް ފާއިތުވި އަހަރުތަކަކީ ރާއްޖޭގެ އެހެން ކްލަބްތަކެކޭ އެއްގޮތަށް ގޮންޖެހުން ބޮޑު އަހަރުތަކެކެވެ.

އެ ގޮތުން، ގްރީން ސްޓްރީޓްސް އިން، 2023 ވަނަ އަހަރުގެ ލީގު ބާކީބައި ނުކުޅެން ނިންމީ މާލީ ސަބަބުތަކާ ހުރެ އެވެ. އެ ކްލަބް އަނބުރާ ފުރަތަމަ ޑިވިޝަންގެ މެޗުތަކުގައި ކުޅެން ފެށީ، ދެ އަހަރެއްހާ ދުވަހުގެ ބްރޭކަށް ފަހު، ރާއްޖޭގެ ފުޓްބޯޅަ ސީޒަން މިދިޔަ ސެޕްޓެމްބަރު މަހު ފެށިއިރު އެވެ. މި އަހަރުގެ މެއި މަހު އެފްއޭއެމް އިން ބޭއްވި ޕްރީ ސީޒަން މުބާރާތް ލީގު ކަޕްގައި ވެސް ގްރީން ސްޓްރީޓްސް ނުކުޅެ އެވެ.

ގްރީން ސްޓްރީޓްސް މި ވަގުތު އޮތީ ފަސް މެޗުން ލިބުނު ތިން ޕޮއިންޓާ އެކު، 10 ޓީމު ވާދަކުރާ ދިވެހި ޕްރިމިއާ ލީގުގެ ނުވަ ވަނައިގަ އެވެ. އެ ޓީމުގެ ކޯޗަކަށް ހުރީ، 2020 ވަނަ އަހަރުން ފެށިގެން އެ ޓީމުގައި މަސައްކަތް ކުރަމުން އަންނަ އަލީ ނިސްތާރު މުހައްމަދު އެވެ. މި ސީޒަނަށް ގްރީން ސްޓްރީޓްސްގެ ޓާގެޓަކީ ގަދަ ހަޔެއް ކަމަށް ނިސްތާރު ވަނީ ބުނެފަ އެވެ.