Advertisement

ކަސްޓަމްސްގެ ދެ މުވައްޒަފަކު ވަކިކޮށް, ތިން މުވައްޒަފަކަށް ފިޔަވަޅު އަޅަން މުއިއްޒު އަންގައިފި

29 އޮކްޓޯބަރު 2025 - 10:20 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މުހައްމަދު މުއިއްޒު: ކަސްޓަމްސްގެ ފަސް މުވައްޒަފަކަށް ފިޔަވަޅު އަޅަން ވަނީ އަންގާފައި -- ފޮޓޯ: ރައީސް އޮފީސް


ކަސްޓަމްސްގެ ދެ މުވައްޒަފަކު ވަކިކޮށް, ތިން މުވައްޒަފަކަށް ފިޔަވަޅު އަޅަން މުއިއްޒު އަންގައިފި

29 އޮކްޓޯބަރު 2025 - 10:20 2

ބޮންޑެޑް ވެއާ ހައުސްއެއްގައި ހުރި ސިނގިރޭޓު ކާޓޫނުތަކެއް އެތަނުން ނެރުނު މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން މުހައްމަދު މުއިއްޒުއަށް ދެއްވި މައުލޫމާތާއި ލަފަޔާ އެއްގޮތަށް ކަސްޓަމްސްގެ ދެ މުވައްޒަފަކު ވަކިކޮށް، އެތަނުގެ އިތުރު ތިން މުވައްޒަފަކަށް ފިޔަވަޅު އަޅަން މިއަދު އަންގައިފި އެވެ.

އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި މުއިއްޒު ވިދާޅުވީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން އެ މައްސަލަ ދިރާސާ ކުރައްވައި ފޮނުވި ސިޓީގައި ހުރި މައުލޫމާތާއި ލަފާގެ މަތިން ވަކިކުރަން ނިންމެވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމުގައި ތިއްބެވި ދެ ބޭފުޅެއް ކަމަށެވެ.

އޭގެ އިތުރުން ކަސްޓަމްސްގެ އިތުރު ތިން މުވައްޒަފަކާ މެދު އެތަނުން އަމަލުކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ގާނޫނާއި ގަވާއިދާ އެއްގޮތަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް އަންގާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ދަ ހޯކްސްގެ ތެޔޮ ބޯޓެއްގައި ރާއްޖެއަށް ގާނޫނާއި ގަވާއިދާ ހިލާފަށް އެތެރެކޮށްފައިވާ ސިނގިރޭޓް ކާޓޫނުތައް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސް ބެހެއްޓީ ބޮންޑެޑް ވެއާހައުސްއެއްގަ އެވެ. ނަމަވެސް ކަސްޓަމަށް ނޭނގި އެ ބޮންޑެޑް ވެއާހައުސް ސިނގިރޭޓުތައް އިން ވަނީ ނެރެފަ އެވެ.

ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެ ކުރަން އުޅުނު 8475 ސިނގިރޭޓު ކާޓޫނެވެ. އެއީ 84،000 ފޮށި ނުވަތަ 1.695 މިލިއަން ސިނގިރޭޓެވެ. އެ ސިނގިރޭޓުތައް އަތުލައިގަތީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހެވެ.

ސަރުކާރުން ވަނީ ދުންފަތާއި ސިނގިރޭޓުން ނަގާ ޓެކްސް މިދިޔަ އަހަރު ނޮވެމްބަރު 1، އިން ފެށިގެން ބޮޑުކޮށް، ކުރިން ނަގި 3ރ. ގެ ޓެކްސް އަށް ރުފިޔާއަށް ބަދަލުކޮށް، ދުންފަތުގެ އެހެން ބާވަތްތަކުން ނަގާ ޑިއުޓީ 50 ޕަސެންޓު ބޮޑުކޮށްފަ އެވެ.

ސަރުކާރުން ސިނގިރޭޓު ޑިއުޓީގެ އަގުބޮޑުކުރުމާ ގުޅިގެން ރާއްޖޭގައި ސިނގިރޭޓުގެ ވަގު ވިޔަފާރި ވަނީ ވަރަށް ބޮޑަށް ފުޅާވެފަ އެވެ. އެގޮތުން އެކި ބްރޭންޑްތަކުގެ ސިނގިރޭޓްތައް ފަހަކަށް އައިސް އަގުހެޔޮކޮށް ލިބޭކަން ފާހަގަކުރެވެ އެވެެ.