Advertisement

ޅ. އަތޮޅާއި ކ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރަށްފަހު މުއިއްޒު މާލެ ވަޑައިގެންފި

28 އޮކްޓޯބަރު 2025 - 19:37 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުހައްމަދު މުއިއްޒު އިއްޔެ ޅ.ނައިފަރަށް ކުރެއްވި ދަތުރުގެ ތެރެއިން ---- ފޮޓޯ: ރައީސް އޮފީސް


ޅ. އަތޮޅާއި ކ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރަށްފަހު މުއިއްޒު މާލެ ވަޑައިގެންފި

28 އޮކްޓޯބަރު 2025 - 19:37 0

ޅ. އަތޮޅާއި ކ. އަތޮޅުގެ ބައެއް ރަށްރަށް ކުރެއްވި ދެ ދުވަހުގެ ދަތުރު ނިންމަވާލެއްވުމަށްފަހު ރައީސް މުހައްމަދު މުއިއްޒު އެނބުރި މާލެ ވަޑައިގެންފި އެވެ.

މި ދަތުރު ނިންމަވާލެއްވުމަށްފަހު މުއިއްޒު މާލެ ވަޑައިގެންނެވީ މިއަދު ހަވީރު ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ. އެމަނިކުފާނުގެ ދަތުރު ފެށްޓެވީ އިއްޔެ ހެދުނު އެވެ.

މި ދަތުރުގައި މުއިއްޒު ވަނީ ޅ. އަތޮޅުގެ ހިންނަވަރު، ނައިފަރު، ކުރެންދޫ އަދި އޮޅުވެލިފުށި އަދި ކ. އަތޮޅުގެ ކާށިދޫ، ދިއްފުށި އަދި ތުލުސްދޫ އަށެވެ.

އާންމު އުސޫލުން މި ދަތުރުގެ ތެރެއިން މުއިއްޒު ވަނީ ރަށްރަށުގެކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާފަ އެވެ. އަދި، ބައެއް މަޝްރޫއުތައް ފެށުމުގެ ރަސްމިއްޔާތާއި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ އިތުރުން ރައްޔިތުންނާ ބައްދަލުކުރަން ޖަލްސާ ބާއްވާފަ އެވެ/

ދަތުރުގައި މުއިއްޒުއާއެކު ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި މުއައްސަސާތަކުގެ އިސްވެރިން ވެސް ބައިވެރިވަޑައިގެންނެވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވަމުން އަންނަ ދަނޑިވަޅުގައި މުއިއްޒު އަންނަނީ ރާއްޖޭގެ އެކި އަތޮޅުތަކަށް ޒިޔާރަތް ކުރައްވައި އައު ވައުދުތަކެއް ވަމުންނެވެ.

ނަމަވެސް ރައީސް އޮފީހުން ބުނަނީ އެއީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރެއް ކަމަށެވެ.