Advertisement

އާރިއަމްއިން ޔޫރަޕްގެ އުފެއްދުމެއް ކަމަށްވާ ލޯންގް ޗިޕްސް ރާއްޖޭގެ މާކެޓަށް ނެރެފި

28 އޮކްޓޯބަރު 2025 - 13:26 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އާރިއަމް ފިހާރައިގައި ލޯންގް ޗިޕްސް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


އާރިއަމްއިން ޔޫރަޕްގެ އުފެއްދުމެއް ކަމަށްވާ ލޯންގް ޗިޕްސް ރާއްޖޭގެ މާކެޓަށް ނެރެފި

28 އޮކްޓޯބަރު 2025 - 13:26 0

މައިގަނޑު ގޮތެއްގައި ޔޫރަޕްގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކޮށް ވިއްކަމުންދާ އާރިއަމް އިން ލެޓްވިއާގެ މަޝްހޫރު ލޯންގް ޗިޕްސް ރާއްޖޭގެ މާކެޓަށް ނެރެފި އެވެ.

މޭޝް ޕޮޓޭޓޯއިން އުފައްދާ ލޯންގް ޗިޕްސްގެ 11 ފްލޭވާއެއް އާރިއަމްގެ ފިހާރަތަކުން ލިބެން އެބަހުއްޓެވެ.

އޭގެ ތެރޭގައި އޮރިޖިނަލް، ޗީޒް އެންޑް ސްޕްރިންގް އޮނިއަން، ޝިޝް ކެބާބްގެ އިތުރުން އިތުރު ތަފާތު ރަހަތައް އެކުލެވޭ ފްލޭވާތައް ހިމެނެ އެވެ.

އާރިއަމް ފިހާރައިގައި ލޯންގް ޗިޕްސް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


އާރިއަމް އިން ބުނީ މާފަންނު ހަވީރީ ހިނގުމުގައި ހުންނަ އެތަނުގެ ފިހާރައިން ލޯންގް ޗިޕްސް ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވެސް ގަންނަން ލިބޭނެ ކަމަށެވެ.

އެ ފިހާރައިން ޕޮލެންޑުގެ ޑރ ޖެރާޑް ބްރޭންޑްގެ ބިސްކޯދާއި ލުއި ކާނާގެ އެކި ބާވަތްތައް އަދި ޕޮލެންޑުގެ ސަންތޭ މަރުކާގެ އުފެއްދުންތަކުގެ އިތުރުން ޕާކިސްތާނުގެ ކާލާ ބާސްމަތީ ހަނޑޫ ވެސް ރާއްޖެއަށް އެތެރެކޮށް ހޯލްސޭލްކޮށާއި ރީޓެއިލްކޮށް ވިއްކަ އެވެ.

އާރިއަމްއިން އެތެރެކުރާ ބާވަތްތަކަށް 7395919 ނަންބަރަށް ގުޅައިގެން ވެސް ކުރެވެ އެވެ. އޭގެއިތުރުން އާރިއަމްގެ ވެބްސައިޓް މެދުވެރިކޮށް އެތަނުން ވިއްކާ އުފެއްދުންތައް ބަލައި އޯޑާ ކުރެވެ އެވެ.