27 އޮކްޓޯބަރު 2025 - 12:41 1
އަހުމަދު އާއިދު
ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބު: ފްލެޓު ލިސްޓުގެ މައުލޫމާތު ނުދީގެން ހައުސިން މިނިސްޓްރީ އާ ދެކޮޅަށް އައިކޮމް އިން ދައުވާ ކުރަން ވަނީ ނިންމާފަ ---- ފޮޓޯ: އަދަދު
27 އޮކްޓޯބަރު 2025 - 12:41 1
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ 4000 މީހުންގެ ލިސްޓާއި ގުޅޭގޮތުން އާންމުންގެ މީހަކު ހުށަހެޅި އާރުޓީއައި އާއި ގުޅިގެން އިންފޮމޭޝަން ކޮމިޝަނުން މައުލޫމާތު ދޭން އެދި ކުރި އަމުރަށް ނުކިޔަމަންތެރިވި ކަމަށް ކަނޑައަޅައި ހައުސިން މިނިސްޓްރީގެ މުވައްޒަފުންތަކަކަށް މައްޗަށް ދައުވާ ކުރަން ނިންމައިފި އެވެ.
މި މައްސަލާގައި ހިމެނެނީ ޖުލައި 2024 ގައި ހުށަހެޅި އާރުޓީއައި އެކެވެ. އާރުޓީއައި ހުށަހެޅި ފަރާތުން އެދިފައިވަނީ ފްލެޓު ލިސްޓު ތަހުގީގުކޮށް އޭސީސީއިން ހައުސިން އަށް ފޮނުވި ލިސްޓުގައި އޭނާ އޮތް ކެޓަގަރީ ބުނެދިނުމަށެވެ.
އޭނާގެ ހުށަހެޅުމަށް ހައުސިން އިން ޖަވާބުގައި ބުނެފައިވަނީ ފްލެޓު ލިސްޓުގެ މަސައްކަތް ކުރިއަށްދާތީ އެ މައުލޫމާތު ދެވެން ނެތް ކަމަށެވެ. އެ ޖަވާބާމެދު ހިތްހަމަ ނުޖެހިގެން އާރުޓީއައި ހުށަހެޅި ފަރާތުން އެ މައްސަލަ ހުށަހެޅީ ހައުސިންގެ މުރާޖައާ ކޮމިޓީއަށެވެ. ނަމަވެސް، އެ ކޮމިޓީން މި މައްސަލާގައި އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.
ގާނޫނުން ބުނާ މުއްދަތުގައި ހައުސިން އިން ޖަވާބެއް ނުދިނުމުން، އާރުޓީއައި ހުށަހެޅި ފަރާތުން ވަނީ މި މައްސަލަ އައިކޮމް އަށް ހުށަހަޅާފަ އެވެ. އެ މައްސަލަ ބަލައި، ސިއްރުކުރި މައުލޫމާތު ހުށަހެޅި ފަރާތަށް ރަސްމީ 10 ދުވަހުގެ ތެރޭގައި ދޫކުރުމަށް އައިކޮމް އިން އަމުރުކުރީ ޖެނުއަރީ 27، ގަ އެވެ.
ގާނޫނު ބުނާގޮތުން މިފަދަ އެންގުމެއް އިސްތިއުނާފުނުކޮށް، އެ އެންގުމަށް އަމަލުވެސް ނުކޮށް 45 ދުވަސް ވެއްޖެ ނަމަ އެ އޮފީހެއް ނުވަތަ ވުޒާރާއަކާއި ދެކޮޅަށް އަމުރަށް ނުކިޔަމަންތެރިވިކަމުގެ ދައުވާ ކުރެވޭނެ އެވެ. އައިކޮމް އިން މިހާރު ދަނީ މި މައްސަލާގައި ހައުސިން މިނިސްޓްރީއާއި ދެކޮޅަށް ދައުވާ ކޮށްދިނުމަށް އެދި މި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް މަސައްކަތް ކުރަމުންނެވެ.
މި މައްސަލާގައި އައިކޮމް އިން ވަނީ ހައުސިންގެ ކުރީގެ އަދި މިހާރު އިންފޮމޭޝަން އޮފިސަރުންގެ އިތުރުން ލީގަލް އޮފިސަރުގެ ބަޔާން ނަގާފަ އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ލިބުނު ބައެއް މީހުންނަށް މިހާރު ވަނީ އެއްބަސްވުމުގައި ސޮއިކޮށް ފުލެޓު ހަވާލުކޮށްފަ އެވެ. ނަމަވެސް، ޓު ލިބޭ މީހުންގެ ތެރޭގައި ހިމެނުނު ބައެއް މީހުންނަށް ފްލެޓު ނުލިބޭނެ ކަމަށް ބުނެ ސަރުކާރުން ލިޔުން ފޮނުވަމުންދާ ކަމަށް ފަހި ޔޫނިއަނުން ދަނީ ތުހުމަތު ކުރަމުންނެވެ.
މީގެ އިތުރުން، ބޯހިޔާވަހިކަމުގެ ހައްގަށް މި ސަރުކާރުން އަރައިގަންނަމުންދާ ކަމަށް ބުނެ މިމަހުގެ 31، ގައި ބޮޑު އެއްވުމެއް ބާއްވަން ނިންމާފައިވާ ކަމަށް އިދިކޮޅު އެމްޑީޕީން ވަނީ އިއުލާނުކޮށްފަ އެވެ.
Comment