Advertisement

އެމެރިކާއިން ފުލުހުންނަށް ފޮރެންސިކް އާލާތްތަކެއް ހަދިޔާކޮށްފި

26 އޮކްޓޯބަރު 2025 - 15:01 1

އަހުމަދު އާއިދު

އަހުމަދު އާއިދު

އެމެރިކާއިން ހަދިޔާކުރި އާލާތްތައް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ފުލުހުން


އެމެރިކާއިން ފުލުހުންނަށް ފޮރެންސިކް އާލާތްތަކެއް ހަދިޔާކޮށްފި

26 އޮކްޓޯބަރު 2025 - 15:01 1

އެމެރިކާ ސަރުކާރާއި އދ. ގެ ޑްރަގް އެންޑް ކްރައިމް އޮފީސް ގުޅިގެން ދިވެހި ފުލުހުންނަށް ފޮރެންސިކް އާލާތްތަކެއް ހަދިޔާކޮށްފި އެވެ.

ފުލުހުންގެ ރަސްމީ އެކްސް އެކައުންޓުން ބުނީ މި ތަކެއްޗާ ފުލުހުންގެ ފަރާތުން ހަވާލުވީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ކަމަށެވެ. މި ތަކެއްޗާއެކު ފުލުހުންގެ ފޮރެންސިކް އަދި ތަހުގީގީ ގާބިލުކަން އިތުރުވާނެ ކަަމަށް ފުލުހުން ބުނެފައިވެ އެވެ.

އެމެރިކާ އަދި އދ. ގުޅިގެން ފުލުހުންނަށް ހަދިޔާކުރީ ފްރެޑް (ފޮރެންސިކް ރެޕިޑް އެވިޑެންސް ޑޭޓާބޭސް) ސިސްޓަމުތަކަކާއި ރަމަން ސްޕެކްޓްރޮސްކޯޕިކް ޑިވައިސްތަކެކެވެ.

ފްރެޑް ސިސްޓަމަކީ ފޮރެންސިކް ހެކިތަކާއި އެ ތަކެތީގެ މައުލޫމާތު މެނޭޖްކުރާ ޑިޖިޓަލް ޕްލެޓްފޯމެކެވެ. އެއީ އެކި ގައުމުތަކުގެ ފުލުހުން ޗެއިން އޮފް ކަސްޓަޑީ ދެމެހެއްޓުމަށާއި ހެކިތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ފުލުހުން ބޭނުންކުރާ ސިސްޓަމެކެވެ.

ރަމަން ސްޕެކްޓްރޮސްކޯޕިކް ޑިވައިސްތައް ބޭނުންކުރަނީ އެކި ކަހަލަ ކެމިކަލްތަކާއި މަސްތުވާތަކެތި ތަހުލީލު ކުރުމާއި ދެނެގަތުމުގައި އެ ތަކެއްޗަށް ގެއްލުމެއް ނުދީ ލޭޒަރު އަޅުވައިގެން ތަހުލީލު ކުރުމަށެވެ.

އެ ޑިވައިސް ބޭނުންކޮށްގެން މަސްތުވާތަކެތީގެ ޕެކޭޖުތަކާއި ނުރައްކާތެރިކަމަށް ބެލެވޭ ކެމިކަލް ހުންނަ ތަކެތި ކަނޑާނުލައި ނުވަތަ ނުހުޅުވައި ތަހުލީލުކޮށް އޭގައި ހުރީ ކޮން ކަހަލަ މާއްދާތަކެއްކަން ދެނެގަނެވޭނެ އެވެ.