25 އޮކްޓޯބަރު 2025 - 17:24 3
25 އޮކްޓޯބަރު 2025 - 17:24 3
އައްޑޫ ސިޓީ ކައުންސިލް، އެއް ކައުންސިލެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި އެ ކައުންސިލުން ފޭދޫ ވަކިކޮށް އެ ރަށުގައި ވަކި ކައުންސިލެއް އުފެއްދުމަށް ބޭނުން ނުވާ ކަމަށް ވޯޓުގައި ބައިވެރިވި އެ ރަށުގެ ގިނަ ރައްޔިތުން ވޯޓު ދީފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށްފައިވާ ވަގުތީ ނަތީޖާއަށް ބަލާއިރު ފޭދޫގައި ވަކި ކައުންސިލެއް އުފެއްދުމަށް ފެންނަ ކަމަށް ވޯޓު ދިނީ 616 މީހުންނެވެ. އައްޑޫ ސިޓީ ކައުންސިލްގެ ބައެއްގެ ގޮތުގައި ފޭދޫ ދެމިއޮތުމަށް 1784 މީހުން ވޯޓު ދިނެވެ.
ފޭދޫއަކީ އާބަދީ ބޮޑު ރަށެކެވެ. އެ ރަށުގައި ރަޖިސްޓާޑް އާބާދީ 5،810 އަށް އަރަ އެވެ. މި ވޯޓުގައި ވޯޓުލުމުގެ ހައްގު 4،355 މީހުންނަށް ލިބުނެވެ. އޭގެ ތެރެއިން ވޯޓު ލުމަށް ނުކުތީ 56 ޕަސެންޓު މީހުންނެވެ.
ސަރުކާރުން މިކަމުގައި ވަކި ސްޓޭންޑެއް ނެތް ކަމަށް ބުނި ނަމަވެސް ހޯމް މިނިސްޓަރު އަލީ އިހުސާނާއި ރައްޔިތުންގެ މަޖިލީހުގައި ފޭދޫ ތަމްސީލުކުރާ ފޭދޫއަށް ނިސްބަތްވާ ދެ މެންބަރު ކަމަށްވާ އިބްރާހިމް ދީދީ އާއި އިސްމާއިލް ނިޒާރު ކެމްޕޭން ކުރައްވަމުން ގެންދެވީ ފޭދޫ ވަކިކުރުމަށެވެެ.
އައްޑޫގައި ސިޓީ ކައުންސިލެއް އުފެއްދުމަށް 2010 ވަނަ އަހަރު ނެގި ވޯޓުގައި ފޭދޫއިން ވޯޓު ދިނީ ނުފެންނަ ކަމަށެވެ. ފެންނަ ކަމަށް 397 މީހުން ވޯޓުދިންއިރު ނުފެންނަ ކަމަށް 494 މީހުން ވޯޓު ދިނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment