Advertisement

އައްޑޫ ހިތަދޫގެ ގެއެއް ތެރޭ ދެމަފިރިން މަރުވެފައި އޮއްވައި ފެނިއްޖެ

22 އޮކްޓޯބަރު 2025 - 16:53 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މާލޭގެ ގެއެއް ތެރޭ މަރުވެފައި އޮތް މީހަކު ނެރެގެން ގެންދަނީ --- އަދަދު ފައިލް ފޮޓޯ


އައްޑޫ ހިތަދޫގެ ގެއެއް ތެރޭ ދެމަފިރިން މަރުވެފައި އޮއްވައި ފެނިއްޖެ

22 އޮކްޓޯބަރު 2025 - 16:53 1

އައްޑޫ ސިޓީ ހިތަަދޫގެ ގެއެއް ތެރޭގައި މަރުވެފައި އޮތް ދެ މީހުން ފެނިއްޖެ އެވެ.

އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދެ މީހެއްގެ ހަށިގަނޑު ފެނުނީ ހިތަދޫގައި އަލަށް ހަދަމުންދިޔަ ގެއަކުންނެވެ. ނަމަވެސް އެ ދެމަފިރިން ދިރިއުޅެމުން ދިޔައީ އެ ގޭގައި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އެއީ ހިތަދޫ ޓޫރިޒަމް ސަރަހައްދާ ކައިރީގައި ހުންނަ ގެއެކެވެ.

މަރުވީ އިބްރާހިމް އަބްދުالله، ކްރޭންގެ، ސ. ހިތަދޫ އާއި ފަރުހަނާޒް ރަޝީދު، ފިނިފެންމާގެ، ސ. މަރަދޫ އެވެ. އަދި އެއީ ދެމަފިރިން ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ. އެ މީހުންގެ ހަށިގަނޑު މިހާރު ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ.

ދެމަފިރިން މަރުވެފައިވާކަން އާއިލާއިން ވެސް އަދި ފުލުހުން ވެސް ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ފުލުހުން ބުނީ ހިތަދޫ ގެއެއްގައި ދެމީހަކު މަރުވެފައި އޮތް ކަމުގެ މައުލޫމާތު ލިބުމުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެޑިޓަރުގެ ނޯޓް


މި ހަބަރު ފުރަތަމަ ޝާއިއުކުރިއިރު، ދެމަފިރިންގެ ހަށިގަނޑު ފެނުނީ ހިތަދޫ ކްރޭންގެއިން ކަމަށް ލިޔެވުނީ މައުލޫމާތުގެ ކުށަކުންނެވެ.