Advertisement

ޓޯޓަލް ފިޒިއޯއިން ފަރުވާ ދިނުމަށް ގެނައި އިންގިލާބީ ބަދަލު

22 އޮކްޓޯބަރު 2025 - 10:59 0

ޓޯޓަލް ފިޒިއޯއިން މީހަކަށް ފިޒިއޮތެރަޕީ ދެނީ. -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ޓޯޓަލް ފިޒިއޯއިން ފަރުވާ ދިނުމަށް ގެނައި އިންގިލާބީ ބަދަލު

22 އޮކްޓޯބަރު 2025 - 10:59 0

އެއީ، ހޮސްޕިޓަލެއް ނޫނެވެ. އެންމެ ފަހުގެ އެޑްވާންސްޑު ލޭޒާ ތެރަޕީ އާއި ކްރަޔޯތެރަޕީ ރާއްޖެއަށް ތައާރަފުކޮށް، ބަލި މީހުންނަށް ފަރުވާ ދިނުމަށް އިންގިލާބީ ބަދަލެއް ގެނުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މާލޭގައި ހުޅުވި ފިޒިއޮތެރަޕީ ކްލިނިކް ޓޯޓަލްފިޒިއޯއިންނެވެ.

"ލޭޒާ ތެރަޕީ އަދި ކްރަޔޯތެރަޕީއަކީ ވަރަށް ކާމިޔާބު ފަރުވާއެއް. ލޭޒާތެރަޕީ އަކީ އޮސްޓިއޯއާތުރައިޓިސް، މަސްގަނޑު އިރައިގެން ދިއުން، ބުރަކަށްޓާއި ކަދުރާއަށް އަރާ ތަދުތަކާއި، ބައެއް ހާލަތްތަކުގައި އޮޕަރޭޝަނަކަށްފަހު ރިކަވަރިއަށް ބޭނުންކުރާ ވަރަށް އެފެކްޓިވް ޓްރީޓްމަންޓްއެއް. ހަމައެގޮތަށް، ކްރަޔޯތެރަޕީ އަކީވެސް އެކިއުޓް އަދި ކްރޮނިކް ކޮންޑިޝަންތަކަށް އަޅުގަނޑުމެން ބޭނުންކުރާ މެޝިންއެއް" ފަރުވާތަކާއި މެޝިންތަކުގެ ތަފްސީލް ކިޔައި ދެއްވަމުން، ކްލިނިކްގެ މެނޭޖިން ޑިރެކްޓަރު އަރީން އަހުމަދު ވިދާޅުވި އެވެ.

ލޭޒާ ތެރަޕީއަކީ އަނިޔާ ލިބިފައިވާ ސަރަހައްދަށް ވަކި ވޭވްލެންތެއްގައި އަލި ފޮނުވައިގެން ރިހުމާއި ދުޅަ ކުޑަކޮށް ދިނުމަށް އެހީވެދޭ ފަރުވާ އެކެވެ. ހާއްސަ މެޝިނަކުން ފޮނުވާ އަލީގެ އަސަރު ޓިޝޫތަކާއި ސެލްތަކަށް ގޮސް، ސެލްތަކުގެ ތޮބީއަތު އިޔާދަވުން އަވަސްކޮށްދެ އެވެ. އެހެންވެ، ލޭ ދައުރުވުން ރަނގަޅުވެ، އަނިޔާ ލިބިފައިވާ ތަން ރަނގަޅުވެ، ތަދު ފިލައިދެ އެވެ.


ކްރަޔޯތެރަޕީ އަކީ ފިނިކަން އިހުސާސް ކުރުވައިގެން ނުވަތަ ރިހުމާއި ތަދު އަދި ދުޅައަށް ފަރުވާދޭ ފިޒިއޮތެރަޕީ ޓްރީޓްމަންޓްއެކެވެ. މިއީ އާންމުކޮށް ސްޕޯޓްސް މެޑިސިން، ރިހެބް، އަދި ޕޯސްޓް އިންޖަރީ ރިކަވަރީގައި ބޭނުންކުރާ ޓެކްނިކެކެވެ.

ޓޯޓަލް ފިޒިއޯގެ މި ފަރުވާތައް މިހާރު ވެސް ހޯދަމުން އަންނަ ފަރާތްތަކުގެ ތެރޭގައި އެތްލީޓުންނާއި ބޮޑެތި އަނިޔާތަކާއި ކަށީގެ ސާޖަރީތައް ހެދުމަށް ފަހު، އާންމު ހާލަތަށް އައުމަށް ފަރުވާ ހޯދާ ފަރާތްތަކާއި، ސީރިއަސް އަނިޔާތައް ލިބިފައިވާ ފަރާތްތަކާއި ކުއްލި ދަތުތައް އަރާ ފަރާތްތައް ވެސް ހިމެނެ އެވެ.

މިފަދަ މީހުން ޓޯޓަލް ފިޒިއޯއިން ދޭ ފަރުވާއާއެކު ރަނގަޅުވެ، އާންމު ދިރިއުޅުމަށް ވާސިލުވެފައި އެބަ ތިއްބެވެ. ކުޅިވަރު ދަނޑުގައި ލިބުނު އަނިޔާގެ ސަބަބުން އެތައް މަހަކަށް ކުޅުމާ ދުރުވާން މަޖުބޫރުވެގެން، ފަރުވާ އަށް ފަހު އަލުން ކުރީގެ ހުނަރަށް ވާސިލުވެފައިވާ ތަރިން އެބަ ތިއްބެވެ. އެކި ކަހަލަ ތަދުގެ އަސަރުން ނިދިން މަހުރޫމުވެފައިވާ އެތައް ބަޔަކަށް ހަމަޖެހުމާއި އަރާމު ލިބިފައިވެ އެވެ.

"ކަކުލުގެ ބޮޑެތި އޮޕަރޭޝަންތަކަށް ފަހު، އުކުޅުވަޅުގެ އޮޕަރޭޝަނަށް ފަހު ބައެއް މީހުން ވަރަށް ވޭނުގައި އުޅޭ. އެފަދަ ބައެއް މީހުންނަށް މިހާރު ވެސް އަޅުގަނޑުމެން މިތަނުން މިދަނީ ފަރުވާ ދެމުން. އިރާދަ ކުރެއްވީތީ، ޕްރޮގްރެސް ވަރަށް ރަގަނޅު އަދި ބައެއް ކުޅުންތެރިން އަބުރާ ކުޅެންވެސް ފަށާފި" އަރީން ވިދާޅުވިއެވެ.

ޒަމާނީ ވަސީލަތްތަކާއެކު ފިޒިއޮތެރަޕީގެ އެންމެ އެޑްވާންސް ހިދުމަތްތައް އެ ކްލިނިކުން ފޯރުކޮށްދެނީ ހަމައެކަނި ކްލިނިކް ހެދިފައިވާ އިމާރާތުގެ ހަތަރުފާރުގެ ތެރޭގައެއް ނޫނެވެ.


ބަލީގެ ބާވަތުން އެނދުގައި އޮންނަން ޖެހިފައިވާ މީހުންނާއި އުމުރުން ދުވަސްވުމުގެ ސަބަބުން އެއްތަނުން އަނެއްތަނަށް ގޮސްއުޅުމަށް ދަތި ފަރާތްތަކާއި ޕޯސްޓް ސާޖަރީ އާއި އިނީޝިއަލް ސްޓޭޖުގައި ވެސް ފިޒިއޮތެރަޕީ ދިނުމަށް ގޭގެއަށް ގޮސްގެން އެ ކްލިނިކުން ހިދުމަތް ފޯރުކޮށްދެ އެވެ.

"ހިޕް ސާޖަރީ، އޭސީއެލް ފަދަ ބައެއް އޮޕަރޭޝަންތަކަށްފަހު ފިޒިއޯތެރަޕީއަށް އަންނަން ދަތިވޭ، އެ ހާލަތްތަކުގައި އަޅުގަނޑުމެންގެ ޓީމުން މި ދަނީ ބަލި މީހާގެ ގާތަށް،" އަރީން ވިދާޅުވި އެވެ.

"އަދި އުމުރުން ދުވަސްވެ ހަރަކާތްތެރިކަން ކުޑަވެފައިވާ މީހުންނަށް ވެސް އަދި އެނދުމަތިވެފައިވާ މީހުންނަށް ވެސް ބޭނުންވާ ފަރުވާތައް ގެއަށް ގޮސްގެން އަޅުގަނޑުމެން ދެން"

އުމުރުން ދުވަސްވީ ފަރާތްތަކާއި އެނދުމަތިވެފައިވާ ފަރާތްތަކަށް ދޭ އެފަދަ ފަރުވާތަކުގެ ސަބަބުން، ވޭނާއި އުނދަގޫތައް ފިލައިގޮސް، އާއިލާއަށް ހަމަޖެހުން ގެނުވައިދެ އެވެ. އަރީން އަށް ލިބޭ އެންމެ ބޮޑު އުފަލަކީ ޓޯޓަލްފިޒިއޯގެ ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ކުރިން ލިބެމުން ދިޔަ ތަކުލީފުތަކުން ފަސޭހަވެ ނުވަތަ ނިސްބަތް ރަނގަޅު މިންވަރެއްގައި ހުރުމެވެ.

މި ކްލިނިކުން ފަރުވާ ހޯދުމަށްޓަކައި ކުރިއާލާ އިތުރު ޑޮކްޓަރެއްގެ ލިޔުމެއް ހޯދާކަށް ނުޖެހެ އެވެ. މި ކްލިނިކްގެ ފިޒިއޯތެރަޕިސްޓުންގެ ޓީމުން ބެލުމަށްފަހު ފިޒިއޮތެރަޕީ ބޭނުންވާ ނަމަ އެ މީހަކަށް އެކަށީގެންވާ ފަރުވާ އަދި ފަރުވާގެ ތާވަލު އެމީހަކާ ހިއްސާ ކުރެވެ އެވެ.


"ބައެއް ފަހަރަށް ބައެއް ބޭފުޅުން ވިދާޅުވޭ މިވެނި އެވެނި ތަނެއްގަ ރިއްސަނީއޭ. އެކަމަކު އެ ވެދާނެ ހިނގާލަން ދިއުމުން ނުވަތަ ގޭގައި ކުރެވޭ ކުޑަ ކަސްރަތަކުން ރަނގަޅުވެދާނެ ފަދަ ތަދަކަށް. އެހެންވީމަ ފިޒިއޮތެރަޕީ ހައްދަވަން ޖެހިވަޑައި ނުގަންނަވާނަމަ އެ ވާހަކަ ވެސް އަޅުގަނޑުމެން ދަންނަވަން."

ފަހުގެ މެޝިނަރީއާ ތަޖުރިބާކާރު ޓީމުގެ މަސައްކަތާއެކު ޓޯޓަލް ފިޒިއޯގެ އެންމެ ބޮޑު އެއް އަމާޒަކީ ބަލިމީހާއަށް އެންމެ އެކަށީގެންވާ ފަރުވާގެ ޕްލޭނެއް ކަނޑައަޅައި ރިކަވަރީ ނުވަތަ ބަލި ފަސޭހަވާ މުއްދަތު ވީހާވެސް އަވަސްވެގެން ދިއުމެވެ.

ޓޯޓަލް ފިޒިއޯ ހުންނަނީ ހ. ސަކީނާ މަންޒިލްގެ ތިން ވަނަ ބުރީގަ އެވެ. މި ކްލިނިކްގައި ހަމައެކަނި ހުރީ ޒަމާނީ ވަސީލަތްތަކެއް ނޫނެވެ. ހިދުމަތް ދޭން ތިބީ ވެސް ދާއިރާގެ މާހިރުންނެވެ. އެ މީހުންގެ ތަޖުރިބާއަކީ ވެސް ޓޯޓަލްފިޒިއޯގެ ކާމިޔާބަކެވެ.


މި ކްލިނިކްގެ ހިދުމަތްތަކާ ބެހޭ މައުލޫމާތުތައް ހޯދުމާ ބުކިން ހެދުމަށް 3301700 އަށް ނުވަތަ 7661700 ގުޅައިގެން ކުރިއަށް ދެވޭނެ އެވެ. އަދި ވައިބަރ ނަންބަރު 7661700 އަށް މެދުވެރިކޮށްވެސް މައުލޫމާތު ސާފުކޮށް އެޕޮއިންޓްމެންޓް ހެދޭނެ އެވެ