Advertisement

ކޮންޓްރޯލް ކޮމިޝަނަށް މަޖިލީހުން ތިން މެންބަރުން އައްޔަނުކޮށްފި

21 އޮކްޓޯބަރު 2025 - 13:31 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މީޑިއާ ކޮމިޝަނަށް މަޖިލީހުން އައްޔަނުކުރަން ފާސްކުރި މުހައްމަދު ފަރުޝަތު (ކ) ސަފާ ޝަފީގު (މ) އާއި އާމިނަތު ސަރާހަތު އިއްޒަތު (ވ) -- ފޮޓޯ: އަދަދު


ކޮންޓްރޯލް ކޮމިޝަނަށް މަޖިލީހުން ތިން މެންބަރުން އައްޔަނުކޮށްފި

21 އޮކްޓޯބަރު 2025 - 13:31 0

މިނިވަން މީޑިއާ ނެތިކޮށްލުމަށް ފާސްކުރި ގާނޫނުގެ ދަށުން އުފައްދާ މީޑިއާ ކޮންޓްރޯލް ކޮމިޝަނަށް މަޖިލީހުން އައްޔަނުކުރާ ތިން މެންބަރުން، އައްޔަނުކުރަން މިއަދު ފާސްކޮށްފި އެވެ.

މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި އެ ކޮމިޝަނަށް އައްޔަނުކުރަން ވޯޓަށް އެހީ ބްރޯޑްކޮމްގެ ކުރީގެ ރައީސް، ސަފާ ޝަފީގު އާއި ބްރޯޑްކޮމްގެ ކުރީގެ މެންބަރު، އާމިނަތު ސަރާހަތު އިއްޒަތުގެ އިތުރުން މީޑިއާ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް، މުހައްމަދު ފަރުޝަތު އަށެވެ.

އެ ތިން މީހުން ވެސް އެ ކޮމިޝަންގެ މެންބަރުކަމަށް އައްޔަނުކުރަން ފެންނަ ކަމަށް ފާސްކުރީ 54 މެންބަރުންގެ ވޯޓާއެކު އެވެ. އެ މީހުން އެ ކޮމިޝަނަށް އައްޔަނުކުރަން ނުފެންނަ ކަމަށް ނުވަ މެންބަރަކު ވޯޓު ދެއްވި އެވެ.

ކޮންޓްރޯލް ކޮމިޝަނުގައި ދެން ހިމެނެނީ މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެންބަރުންނެވެ. އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން މީޑިއާތަކުން މާބޮޑު ތަރުހީބެއް ނުލިބުނެވެ. އެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވިއިރު، ކުރިމަތިލާފައި ތިބީ ސީދާ އަދަދަށް ކަމަށްވާތީ އެ ހަތަރު މެންބަރުން ވެސް އިންތިހާބުވެފައި ވަނީ ވޯޓަކާ ނުލަ އެވެ.

ވޯޓަކަށް ނުގޮސް އިންތިހާބުވި މެންބަރުން

އޮންލައިން ކެޓަގަރީ

  • ގދ. ރަތަފަންދޫ، ވެލީގެ، ސިމާހާ ނަސީމް
  • ހދ. ވައިކަރަދޫ، ހިސާން، ހުސައިން ސަގީފް

ބްރޯޑްކާސްޓިން ކެޓަގަރީ

  • ށ. ފޭދޫ، މޫނިމާގެ، އަބްދުލްއަޒީޒް އިބްރާހީމް
  • ގދ. ތިނަދޫ، މަލަ، ޒަމްއަތު އަހުމަދު ވަހީދު

އެ މެންބަރުންގެ ތެރެއިން ސަގީފް އަކީ އައު ގާނޫނާއެކު އުވާލި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް އެވެ. ޒަމްއަތު އޭރު ހުންނެވީ އުވާލި ބްރޯޑްކޮމްގެ މެންބަރެއްގެ ގޮތުގަ އެވެ.

މީޑިއާ ކައުންސިލް އުވުމާ ހަމައަށް ކުރިއަށްގެންދިޔަ އިންތިހާބުތައް ކޮންމެ ފަހަރަކުވެސް ކުރިއަށް ގެންގޮސްފައި ވަނީ ވަރަށް ވާދަވެރިކަމާއެކުގަ އެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ވުޖޫދު ކުރި މީޑިއާ ކޮންޓްރޯލް ގާނޫނު އުވާލަން ބައިނަލްއަގުވާމީ އެކި ޖަމާއަތްތައް ހިމެނޭގޮތަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. އޭގެ ތެރޭގައި އދ. އާއި ޔޫރަޕިއަން ޔޫނިއަން، އެމެރިކާ، އިނގިރޭސިވިލާތް، އައިއެފްޖޭ، އާރުއެސްއެފް، ސީޕީޖޭ ހިމެނެ އެވެ.