Advertisement

ސަސްޓެއިނެބަލް ޓައުންޝިޕްގެ ގޮތުގައި އެސްއީޒެޑްތައް ކަނޑައެޅޭނެ ހަމަތައް ބަޔާންކޮށް އިސްލާހެއް

21 އޮކްޓޯބަރު 2025 - 10:26 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ބާރަށު ދާއިރާގެ މަޖިލިސް މެންބަރު، އިބްރާހިމް ސުޖާއު މަޖިލީހުގައި ވާހަދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ސަސްޓެއިނެބަލް ޓައުންޝިޕްގެ ގޮތުގައި އެސްއީޒެޑްތައް ކަނޑައެޅޭނެ ހަމަތައް ބަޔާންކޮށް އިސްލާހެއް

21 އޮކްޓޯބަރު 2025 - 10:26 0

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ސަރަހައްދުތަކުގައި ސަސްޓެއިނެބަލް ޓައުންޝިޕް ނުވަތަ އިގުތިސާދީ އަދި އިޖުތިމާއީ ގޮތުން ދެމެހެއްޓެނިވި ގޮތުގައި ތިމާވެށްޓާ ރައްޓެހި ގޮތަކަށް ރަށެއް ނުވަތަ ގަމުތެރެ ތަރައްގީ ކުރުމަށް ކަނޑައެޅޭނެ ހަމަތައް ބަޔާންކޮށް އެސްއީޒެޑް ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

އެސްއީޒެޑް ގާނޫނަށް އިސްލާހެއް ހުށަހެޅުއްވީ ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު، އިބްރާހިމް ސުޖާއު އެވެ.

ސުޖާއު އިސްލާހު ހުށަހަޅުއްވި އިސްލާހުގައި ސަސްޓެއިނެބަލް ޓައުންޝިޕެއް ތަރައްގީ ކުރުމުގެ ޝަރުތުތަކާއި އެފަދަ ޒޯނެއް ނުވަތަ ސަރަހައްދެއް ތަރައްގީ ކުރާ ފަރާތަކަށް ލިބޭނެ އިނާޔަތްތައް ބަޔާން ކޮށްފައިވެ އެވެ.

އެ އިސްލާހުގައި ވާގޮތުން ސަސްޓެއިނެބަލް ޓައުންޝިޕްއެއް ތަރައްގީ ކުރުމަށް ހުއްދަ ދެވޭނީ:

  • ޒޯންގައި ކުރާ އިންވެސްޓްމެންޓް 500،000،000 އެމެރިކާ ޑޮލަރަށްވުރެ އިތުރުވާ ނަމަ
  • ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ހިދުމަތްތަކާއި ލަގްޒަރީ ރެޒިޑެންޝަލް ފެސިލިޓީތައް ހިމެނޭހެން ތަރައްގީ ކުރެވޭ ލާޖް ސްކޭލް ރިއަލް އެސްޓޭޓް ޑިވެލޮޕްމެންޓެއް ނުވަތަ ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ހިދުމަތްތައް ހިމެނޭހެން ތަރައްގީ ކުރެވޭ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓެއް އެ ޒޯނުގައި ގާއިމު ކުރާ ނަމަ
  • ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލިޓީ ތަމްރީނުދޭ މަރުކަޒެއް ނުވަތަ ބައިނަލްއަގުވަމީ ސިއްހީ ހިދުމަތްދޭ މަރުކަޒެއް އެ ޒޯނުގައި ގާއިމު ކުރާ ނަމަ އެވެ.
  • ޒޯނުގައި ހަކަތަ އުފެއްދުމަށާއި ކުނި މެނޭޖުކުރުމަށް ގާއިމުކުރެވޭ އިންފްރާސްޓްރަކްޗާ އާއި ވަސީލަތްތަކަކީ ސެލްފް ސަފިޝަންޓް އިންފްރާސްޓްރަކްޗާ ވަސީލަތްތަކަކަށްވުމާއެކު ޒޯނު ހިންގުމަށް ބޭނުންކުރާ ހަކަތައިގެ މަދުވެގެން 60 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށްވުން
  • ދިވެހިރާއްޖެއަށް އިމްޕޯޓު ކުރާ ކާބޯތަކެތީގެ އަދަދު މަދުކޮށް ރާއްޖޭގައި ކާބޯތަކެތި އުފެއްދޭނެ ވަސީލަތްތައް ގާއިމުކޮށް ކާބޯތަކެތި އުފެއްދުން އިތުރު ކުރުމަށްޓަކައި ދެމެހެއްޓެނިވި އަދި ޒަމާނީ ދަނޑުވެރިކަމުގެ ނުވަތަ އެކުއާކަލްޗާގެ ވަސީލަތްތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ގާއިމުކުރުން
  • ދިރިއުޅޭނެ ތަންތަނާއި ތައުލީމީ މަރުކަޒުތަކާއި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި މުނިފޫހިފިލުވުމުގެ ހިދުމަތްތައް ދޭ ތަންތަން ހިމެނޭގޮތުން ހިމެނޭގޮތުން ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗާ އާއި ވަސީލަތްތައް މެދުވެރިކޮށް ތަނުގައި މީހުންނަށް ދިރިއުޅެވޭނެ ވަސީލަތްތަކާއި ހިދުމަތްތަކާއި އާންމު ބޭނުންތަކުގެ ވަސީލަތްތައް ޒޯނުގައި ގާއިމުކުރުން

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ސަރަހައްދުތަކުގައި ހިންގޭނެ އިގުތިސާދީ މަސައްކަތްތަކުގެ ތެރެއަށް ސަސްޓެއިނެބަލް ޓައުންޝިޕްގެ ގޮތުގައި ތަރައްގީ ކުރެވޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ކަނޑައެޅުއްވީ ޖެނުއަރީ 12، 2025 ގައި ނެރުއްވި ގަރާރަކުންނެވެ.

ސަސްޓެއިނެބަލް ޓައުންޝިޕް ޑިވެލޮޕްމެންޓަކީ މީގެ ކުރިން އެސްއީޒެޑުތަކުގައި ހިންގޭ މަޝްރޫއުއެއް ނޫނެވެ. މީގެ ކުރިން، 1 ޖެނުއަރީ 2023، ގައި ރައީސް މުއިއްޒު ނެރުއްވި ގަރާރުގައި އެސްއީޒެޑުތަކުގައި ހިންގޭނެ ކަމަށް ކަނޑައަޅާފައި އޮތީ ނުވަ ބާވަތެއްގެ މަޝްރޫއުތަކެވެ. އެސްއީޒެޑެއްގައި އޭގެތެރެއިން ވެސް ހިންގެނީ ޖުމުލަ އިންވެސްޓުމެންޓު 100 މިލިއަން ޑޮލަރަށްވުރެ މަތި މަޝްރޫއުތަކެވެ.