Advertisement

އަދާލާތު ޕާޓީން ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތް ފަށައިފިން: އިމްރާން

20 އޮކްޓޯބަރު 2025 - 14:24 1

އަރުޝަމް އަބްދުالله

އަރުޝަމް އަބްދުالله


އަދާލާތު ޕާޓީން ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތް ފަށައިފިން: އިމްރާން

20 އޮކްޓޯބަރު 2025 - 14:24 1

އަދާލަތު ޕާޓީން މި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުالله ވިދާޅުވެއްޖެ އެވެ.

އަދާލަތު ޕާޓީ އިން މިއަދު މާގިރި ހޮޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދަދު އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ އަދާލަތު ޕާޓީ އިން މިހާރު އެ މަސައްކަތް ފަށާފައި ކަމަށެވެ. އަދި ޕާޓީގެ ހުރިހާ މެމްބަރުން ތިއްބަވަން ވާނީ ޕާޓީގެ ސިޔާސަތާއި އެއްގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

" އަދާލަތު ޕާޓީ މިއޮތީ ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް ފަށާފަ. އަޅުގަނޑު ހިތުން, އަދާލަތު ޕާޓީގެ ހުރިހާ މެމްބަރުން ތިއްބަވަން ވާނީ ޕާޓީގެ ސިޔާސަތާ އެއްގޮތައް. އެއީ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ނިންމުމެއް. އެހެންވީމަ ޕާޓީގެ މަޝްްވަރާ މަޖިލީހުގެ ނިންމުމާ އެއްގޮތައް ޕާޓީގެ ހުރިހާ މެމްބަރުން ވެސް ކުރިއަށް ވަޑައިގަންނަވަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ ރައީސް މުއިއްޒު ދައުލަތް ހިިންގުމުގެ މުޅި ނިޒާމު ހަރާބުކޮށް އޮޅުންބޮޅުން އަރުވާފައިވާ ކަމަށެވެ. އެންމެ ފުރަތަމަ ތަޅު އެޅުވީ ރައްޔިތުންގެ މަޖިލީހުގައި ކަމަށާއި ދެން ތަޅު އެޅުވީ މުޅި ޝަރުއީ ދާއިރާގައި ކަމަށާއި އަދި އެއަށްފަހުމިނިވަން މީޑިއާގައި ތަޅު އަޅުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިކަމުގެ ސަބަބުން, މުޅި ރާއްޖޭގެ އިގުތިސޯދު ފުނޑި, ހަލާކުވެ, ހަރާބު ވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ކަމުން އަރައި ނުގަނެވިގެން ދަތުރު ކުރަމުން ގޮސް މިނިވަން މީޑިއާ އެ ތަޅު އެޅުވީ. މީގެ ތެރެއިން ގޮސް ރާއްޖޭގެ އިގްތިސާދު ފުނޑި, ހަލާކުވެ, ހަރާބު ވެގެން މިދަނީ، " އިމްރާން ވިދާޅުވި އެވެ.

އަދާލަތު ޕާޓީ އިން ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް ފަށާފައި ވާއިރު, މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރަކަށް ހުންނެވި, ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ އަދާލަތު ޕާޓީ އަށް އަލުން ވަނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން ޝަހީމް ވިދާޅުފައި ވަނީ, މި އަހަރުގެ ފަހުކޮޅު ބާއްވާ ޕާޓީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ރައީސް ކަމަށް ވާދަކުރައްވާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމަށާއި، އިގުތިސާދަށާއި، ރައްޔިތުންގެ އަސާސީ ހައްގުތަކަށް ސަރުކާރުން އަރައިގަންނަމުން ދާތީ ރައީސް މުހައްމަދު މުއިއްޒު ހަމަމަގަށް އެޅުވުމަށް އެހެން ސިޔާސީ ޕާޓީތަކާ ގުޅިގެން މަސައްކަތް ކުރުމަށް އަދާލަތު ޕާޓީން ވަނީ ނިންމާފަ އެވެ.