Advertisement

ރިސޯޓް ލީގު ސައުތު މާލެ ޒޯންގެ ތަށި ވަލްޑޯފް އަށް

20 އޮކްޓޯބަރު 2025 - 13:07 0


ރިސޯޓް ލީގު ސައުތު މާލެ ޒޯންގެ ތަށި ވަލްޑޯފް އަށް

20 އޮކްޓޯބަރު 2025 - 13:07 0

ރާއްޖޭގައި ކުރިއަށްދާ އެންމެ ފޯރިގަދަ ރިސޯޓް ފުޓްސަލް މުބާރާތް، ރިސޯޓް ލީގުގައި މިހާރު ކުޅެމުން އަންނަ ސައުތު މާލެ ޒޯން ބުރުގެ ތަށި ވަލްޑޯފް އަސްޓޯރިއާ މޯލްޑިވްސް އިތާފުށިން ހޯދައިފި އެވެ.

ކްރޮސް ރޯޑްސް މޯލްޑިވްސްގައި އިއްޔެ ކުޅުނު ފައިނަލުގައި، ސައި ލެގޫން މޯލްޑިވްސް، ކޫރިއޯ ކަލެކްޝަން ބައި ހިލްޓަންއާ ފުރިހަމަ ވަގުތު ހަމަވިއިރު ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، ވަލްޑޯފުން މޮޅުވީ 5-4 އިންނެވެ.

މި މެޗުގައި ވަލްޑޯފުން ލީޑުނެގީ އަބްދުﷲ ރަބާހު މުހައްމަދު ޖެހި ގޯލުންނެވެ. އަދި، ސައި ލެގޫން އަށް އަލީ ފާތިހު ވަނީ އެއްވަރުކޮށްދީފަ އެވެ.

ޕެނަލްޓީގައި ވަލްޑޯފުން ކާމިޔާބުކުރީ ޖައުފަރު އިބްރާހިމް، އިބްރާހިމް ރަފާހު، އަރުސަމް އިސްމާއިލް އަދި މުހައްމަދު ފަޒީލް އެވެ. ސައި ލެގޫނަށް ކާމިޔާބުކުރެވުނީ ގުރައިޝް އަބްދުލް ރައްޒާގު އާއި ޝައްފާން ހަލީމް އަދި ޝަރްހަބީލް އިބްރާހިމް ފޮނުވާލި ޕެނަލްޓީތަކެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ، ވަލްޑޯފުގެ ގޯލުގައި މޮޅު ކުޅުމެއް ދެއްކި ހަސަން ރިފާޒް އެވެ.

ސައުތު މާލެ ޒޯންގެ އެންމެ ގިނަ ލަނޑު ޖެހީ 10 ގޯލު ކާމިޔާބުކުރި ވަލްޑޯފްގެ ރަފާހު އެވެ. މި ޒޯނުގެ މޮޅު ކޯޗަކީ ވަލްޑޯފްގެ އަހުމަދު ނަސީމް އެވެ. އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ، ވަލްޑޯފްގެ ރަފާހު، ފަޒީލް އަދި ރިފާޒުގެ އިތުރުން ސައި ލެގޫންގެ ގުރައިޝް އާއި ޝައްފާން އެވެ.