މުއިއްޒު އަތޮޅުތެރެއަށް ކުރެއްވި ދަތުރެއްގެގެ ތެރެއިން ރަށަކަށް ވަޑައިގެން ރައްޔިތުންނާއި ސަލާމްކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް
ލ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރެއްގައި ރައީސް މުހައްމަދު މުއިއްޒު ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ މި ދަތުރުގައި މުއިއްޒު ފުރާވަޑައިގެންނެވީ މިއަދު ހެނދުނު ކަމަށެވެ. އެ މަނިކުފާނާއި އެކު މި ދަތުރުގައި ވަޒީރުންނާއި މަޖިލިސް މެންބަރުން އަދި ސަރުކާރުގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ލ. އަތޮޅުގައި މީހުން ދިރިއުޅޭ 11 ރަށް ކަމަށްވާ އިސްދޫ، ކަލައިދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ، ގަން، މާވަށް، ފޮނަދޫ، މާމެންދޫ، ހިތަދޫ، އަދި ކުނަހަންދޫ އަށް މުއިއްޒު މިފަހަރު ވަޑައިގަންނަވާނެ އެވެ.
ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި މުއިއްޒު ގެންދަވަނީ ރައްޔިތުންނާއި ކައުންސިލް އަދި އެ ރަށްރަށުގެ އެހެން އިދާރާތަކާއި ބައްދަލުކުރައްވަމުންނެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވަމުން އަންނަ ދަނޑިވަޅުގައި މުއިއްޒު އަންނަނީ ރާއްޖޭގެ އެކި އަތޮޅުތަކަށް ޒިޔާރަތް ކުރައްވައި އައު ވައުދުތަކެއް ވަމުންނެވެ. އެގޮތުން މިދިޔަ ހަފުތާ އެމަނިކުފާނު ވަޑައިގެންނެވީ ށ. އަތޮޅުގެ ރަށްތަކަށެވެ.
ރައީސް އޮފީހުން ބުނަނީ އެއީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރެއް ކަމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment