Advertisement

ހުލާސާކޮށް އިއްޔެ: ވަޒީފާ ދޭންވާނީ ވޯޓު ލިބޭނެ ބޮޑެތި އާއިލާތަކަށް!

19 އޮކްޓޯބަރު 2025 - 06:37 0


ހުލާސާކޮށް އިއްޔެ: ވަޒީފާ ދޭންވާނީ ވޯޓު ލިބޭނެ ބޮޑެތި އާއިލާތަކަށް!

19 އޮކްޓޯބަރު 2025 - 06:37 0

ލާމަރުކަޒީ ގާނޫނު ވުޖޫދުވުމާއެކު އުފެދުނު އައްޑޫ ސިޓީ ކައުންސިލް ބައިބައިކޮށް ތިން ރަށެއްގައި ވަކި ކައުންސިލެއް އުފައްދަން ފެނޭތޯ ނަގާ ފެންނަ ނުފެންނަ ވޯޓަށް ވަޒީފާ ދޭންވާނީ ވޯޓު ދޭނެ ބޮޑެތި އާއިލާތަކަށް އެކަނި ކަމަށް ރައީސް މުހައްމަދު މުއިއްޒު އަންގަވާފައިވާ ކަމަށް ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު، އިބްރާހިމް ދީދީ (އައިބީ) ވިދާޅުވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ފޭދޫ ރައްޔިތުންގެ ބަޔަކާ ބައްދަލުކުރައްވައި އައިބީ ވިދާޅުވީ ރަށުން ވަޒީފާއެއް ދޭއިރު މި ވަގުތު ވަކިވަކި މީހުންނަށް ވަޒީފާ ނުދީ އެ މީހުންނަށް އިންތިހާބަށް ފަހު ވަޒީފާތައް ދިނުމަށް މުއިއްޒު އަންގާފައިވާ ކަމަށެވެ.

"ވަޒީފާގެ ވާހަކަ ދެއްކީމަ ރައީސް ވިދާޅުވި ވާހަކައެއް މި ބުނަނީ. އަޅުގަނޑުމެން ވެސް ވަރަށް ވިސްނަން ޖެހޭނެ މި ރަށުން ވެސް ވަޒީފާއެއް ދޭން ވާހަކަ ދައްކާއިރު. ވިދާޅުވީ ފަހުން ވަޒީފާތައް ދޭނީއޭ ތިބުނާ މީސްމީހުންނަށް. މިހާރު މިއޮތީ އިންތިހާބު ބޯމަތިވެފައޭ. މިހާރު އަހަރުމެން ކައިރިއަށް އައިސް ވަޒީފާއަށް ނުބުނައްޗޭ އެކަކު ވެސް. ސިންގަލް މީހެއްގެ ވާހަކަ،" އައިބީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ވަގުތު ވަޒީފާ ދޭން މުއިއްޒު އަންގާފައި ވަނީ ޓީމެއް އޮންނަ އަދި އެ މީހަކު ބުނާ ގޮތަކަށް ކަންތައްތައް ކުރާ ވަރުގަދަ މީހުންނަށް އެކަނި ވަޒީފާ ދިނުމަށް ކަމަށެވެ.

މުހިއްމު ބައެއް ހަބަރު