Advertisement

ލޯންޗެއް ވަގަށް ނެގި ދެ މީހުން ހައްޔަރުކުރުމުން ކުށަށް އިއުތިރާފުވެއްޖެ

18 އޮކްޓޯބަރު 2025 - 17:01 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކ. ތިލަފުށި: އެތަނުގެ ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗެއް ވަގަށް ނެގި ދެ މީހުން ހައްޔަރު ކުރުމުން ކުށަށް އިއުތިރާފުވެ ބުނީ ވައްކަން ކުރެވުނީތީ ހިތާމަކުރާ ކަމަށް -- ފޮޓޯ: އެޗްޑީސީ


ލޯންޗެއް ވަގަށް ނެގި ދެ މީހުން ހައްޔަރުކުރުމުން ކުށަށް އިއުތިރާފުވެއްޖެ

18 އޮކްޓޯބަރު 2025 - 17:01 0

ކ. ތިލަފުށި ފަޅު ތެރޭގައި އޮތް ސްޕީޑް ބޯޓެއް ވަގަށް ނަގައި ގެއްލުން ދިނުމަށްފަހު އިންޖީނު ގިއަރެއް ވަގަށް ނެގި މައްސަލައެއްގައި ހައްޔަރުކުރި ދެ މީހަކު ކުށަށް އިއުތިރާފުވެއްޖެ އެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ށ. ފޯކައިދޫ، ސިއުމާމަންޒިލް، އިބްރާހިމް މަމްދޫހް، 27 އަދި ށ. ފޯކައިދޫ، ޗަބޭލީގެ، ހަސަން ރަޝީދު އަހްމަދު، 30 އެވެ.

ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް އެ ދެ މީހުންގެ ހާޒިރުކުރުމުން އެ މީހުންނާ ދެކޮޅަށް ކުށް ކުރިކަމަށް ކޮންމެވެސް މިންވަރެއްގެ ހެކި ގަރީނާ ފުލުހުން ހުށަހެޅި އެވެ.

އެ ދެ މީހުން ޝަރީއަތުގެ މަޖިލީހުގައި ކޫށަށް އިއުތިރާފުވެ، ކުށްކުރެވުނީތީ ހިތާމަކުރާ ކަމަށް ބުންޏެވެ. މިއާއެކު އެ ދެމީހުންގެ ބަންދަށް ފަސް ދުވަސް ވަނީ ޖަހާފަ އެވެ.

ކުރީބައިގައި ކުށަށް އިއުތިރާފުވުމުން އެ ދެ މީހުންނަށް ލުއި އަދަބެއް ދިނުމުގެ އިހުތިޔާރު ގާޒީއަށް ލިބިގެންވެ އެވެ. އެގޮތުން އިއުތިރާފުގެ އެއްބަސްވުމެއް ނުވަތަ ނަސޭހަތުގެ އެއްބަސްވުމެއް ވެސް ހެދިދާނެ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.