Advertisement

ގައުމަށް އެންމެ ރަނގަޅު ގޮތަކީ ރިޝްވާން އިސްތިއުފާ ދިނުން: އައްބާސް

16 އޮކްޓޯބަރު 2025 - 07:14 6

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާން


ގައުމަށް އެންމެ ރަނގަޅު ގޮތަކީ ރިޝްވާން އިސްތިއުފާ ދިނުން: އައްބާސް

16 އޮކްޓޯބަރު 2025 - 07:14 6

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ހުޅުމާލޭ ބަނދަރުގެ ސަލާމަތީ ކަންކަން މުގުރާލައި، ދެ ކޮންޓޭނަރުގެ ސިނގިރޭޓު ވަގަށް ގެންދިޔަ މައްސަލައިގައި އެ ކުންފުނީގެ ސީއީއޯ މުހައްމަދު ރިޝްވާން އިސްތިއުފާ ދެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ގޮވާލައްވައިފި އެވެ.

އޯގަސްޓު ފުރަތަމަ ހަފުތާތެރޭގައި ދެ ކޮންޓޭނަރު ނަގައިގެން ގެންގޮސް، އޭގައި ހުރި 13 މިލިއަން ސިނގިރޭޓު ހުސްކުރުމަށް ފަހު އަލުން ދެ ކޮންޓޭނަރު ގެނެސް، ހުރި ތަނުގައި ބެހެއްޓިއިރު ވެސް އެމްޕީއެލް، ކަސްޓަމްސް، އެމްއެންޑީއެފް އަދި ޕޮލިހަށް ވެސް އެނގޭ ކަމަކަށް ނުވެ އެވެ.

އެ ސިނގިރޭޓުތައް ގެއްލުނުކަން އޮކްޓޯބަރު 8 ގައި އެނގުނީ ހޯމްލޭންޑް މިނިސްޓަރަށާއި އެމްޕީއެލްގެ ސީއީއޯ އަދި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްއަށް ސްރީ ލަންކާގެ ނަންބަރަކުން ލިބުނު މެސެޖަކާ ގުޅިގެން، ދެ ކޮންޓެއިނަރު ހުޅުވުމުންނެވެ.

އެ ދެ ކޮންޓޭނަރު ގެންގޮސް، ތަޅުތައް ކީހާލައިގެން ސިނގިރޭޓުތައް ހުސްކޮށް އެއަށް ބާ ޓަޔަރުތަކެއް އަޅާފައި ހުރިއިރު، ޕޯޓުގެ ސެކިއުރިޓީ ނިޒާމަށް އަދި ސަރުކާރުގެ ވެރިންނަށް ގޮންޖެހުމުގެ ގޮތުން، އައުގުރާނަ ލިޔެފައިވާ ފޮޓޯއެއް ކޮންޓެއިނަރުގެ އެތެރޭގައި ތަތްކޮށްފައި ހުރި ކަމަށް އެ މައުލޫމާތު އެނގޭ މީހަކު އަދަދު ނޫހަށް ބުންޏެވެ.

މިއީ މާލޭގެ ވިޔަފާރި ބަނދަރުގެ ސަލާމަތީ ކަންކަން މިފަދަ ދަރަޖައެއްގައި ފޫއަޅުވާލައި ހިންގި އެންމެ ބޮޑު ޖަރީމާ އެވެ.

މި މައްސަލައަށް ފަހު ޕޯޓުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަން މަސައްކަތް ކުރާ ކަމަށް ބުނެ އިއްޔެ އެ ކުންފުނިން ނެރުނު ބަޔާނާ ގުޅިގެން މެންބަރު އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މޮޅު ވާހަކަ ނުދައްކަވާ ގައުމަށް އެންމެ މޮޅު ގޮތަކަށް ވާނީ ރިޝްވާން އިސްތިއުފާ ދެއްވުން ކަމަށެވެ.

"ސެކިއުރިޓީ ވަދުގަދަ ކުރަން އިތުރަށް އަޅާނެ ފިޔަވަޅެއް ނުހުންނާނެ. އިތުރު ބަހަނާ ނުދައްކަވާ، މޮޅު ވާހަކަތައް ނުދައްކަވާ، އިހުލާސްތެރި ކަމެއް ހުރި ނަމަ މިހާރުން މިހާރަށް މަނިކުފާން އިސްތިއުފާ ދިނުން އެއީ ގައުމަށް، ރައްޔިތުންނަށް އެންމެ ރަނގަޅުވާނެ ގޮތަކީ،" އައްބާސް ވިދާޅުވި އެވެ.

"މަނިކުފާނުގެ އިހުމާލުން ތިކަން ތިހިސާބަށް ގޮސްފައިވަނީ. ބަނދަރުގައި މިހާރުވެސް ހުންނާނީ ދުނިޔޭގެ އެންމެ ކުރިއަރާފައި ހުރި ގައުމުތަކުގެ ބަނދަރުގައި ހުރި ސިސްޓަމް."

ދެ ކޮންޓޭނަރުގެ ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށް އެ މީހުންގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ.