Advertisement

ރިސޯޓް ލީގު: ސެމީގެ ފުރަތަމަ ޖާގަތައް ސައި ލެގޫން އާއި ވެލައްސަރު އަށް

10 އޮކްޓޯބަރު 2025 - 10:16 0


ރިސޯޓް ލީގު: ސެމީގެ ފުރަތަމަ ޖާގަތައް ސައި ލެގޫން އާއި ވެލައްސަރު އަށް

10 އޮކްޓޯބަރު 2025 - 10:16 0

ރާއްޖޭގައި ކުރިއަށްދާ އެންމެ ފޯރިގަދަ ރިސޯޓް ފުޓްސަލް މުބާރާތް، ރިސޯޓް ލީގުގެ ސައުތު މާލެ ޒޯންގެ ސެމީ ފައިނަލުގެ ފުރަތަމަ ދެ ޖާގަ ސައި ލެގޫން މޯލްޑިވްސް ކުރީއޯ ކަލެކްޝަން ބައި ހިލްޓަން އާއި ވެލައްސަރު މޯލްޑިވްސް އިން ހޯދައިިފި އެވެ.

އެ ގޮތުން މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ދެ މެޗު އިއްޔެ ކުޅެވުނުއިރު، ވެލައްސަރުން ވަނީ 4-1 އިން ސަން ސިޔާމް އޮޅުވެލި ބަލިކޮށްފަ އެވެ. އަދި، އަނެއް މެޗުން ސައި ލެގޫން އިން ވަނީ 2-2 އިން އެއްވަރުވެ، ޕެނަލްޓީ ޖަހައިގެން، 7-6 އިން ދި މެރީނާ އެޓް ކްރޮސްރޯޑްސް މޯލްޑިވްސް ބަލިކޮށްފަ އެވެ.

އިއްޔެގެ މެޗުގައި ވެލައްސަރުގެ ލަނޑުތައް ޖެހީ، އަހުމަދު ފައިޒާން ދެ ގޯލާއި އިބްރާހިމް އައިހަމްގެ އިތުރުން ސަން ސިޔާމް އޮޅުވެލީގެ އަލީ ޝިއާއު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަދި، އޮޅުވެލީގެ ހަމައެކަނި ލަނޑު ޖެހީ، ހުސެއިން އަޒްމަތު އެވެ.

ސައި ލެގޫންގެ އަލީ ފާތިހު އާއި ގުރައިޝް އަބްދުލް ރައްޒާގު ލަނޑު ޖެހިއިރު، މެރީނާ އިން ލަނޑުތައް ޖެހީ ޝިފާޒް އާދިލް (މަޓާ ތުއްތު) އާއި ހަސަން ލައުހު އެވެ. ޕެނަލްޓީގައި މެރީނާ އަށް ކާމިޔާބުކުރެވުނީ ތިން ޕެނަލްޓީ އެވެ. ސައި ލެގޫން އިން ވަނީ ހަތަރު ޕެނަލްޓީ ކާމިޔާބުކޮށް މެޗުން މޮޅުވެފަ އެވެ. މެރީނާ އިން ޕެނަލްޓީ ޖެހީ ޝިފާޒް، ލަައުހުގެ އިތުރުން އާދަމް ސައީދު އެވެ. އަދި، ސައި ލެގޫން އިން ޕެނަލްޓީތައް ޖެހީ، ފާތިހު، މުހައްމަދު ނާއިސް، ޝައްފާން ހަލީމް އަދި ޝަރުހަބީލް އިބްރާހިމް އެވެ.

ކުއާޓާގެ ފަހު ދެ މެޗު މިއަދު ކުޅޭއިރު، ވަލްޑޯފް ކުޅޭނީ އަނަންތަރާއާ އެވެ. އަދި، ޖޭޑަބްލިއު މެރިއަޓުން ކުޅޭނީ ހާޑް ރޮކް މޯލްޑިވްސްއާ އެވެ.