8 އޮކްޓޯބަރު 2025 - 18:43 1
8 އޮކްޓޯބަރު 2025 - 18:43 1
ރިޝްވަތުގެ ގޮތުގައި ފައިސާ ދިނުމުން، ގެދޮރުވެރިޔާ ފްލެޓަށް ޝަރުތު ހަމަނުވާ މީހުންނަށް ވެސް ފްލެޓް ދޫކުރަމުންދާކަމުގެ ހެކި ލިބިފައިވާ ކަމަށް އިދިކޮޅު އެމްޑީޕީ އިން މިއަދު ބުނެފި އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވީ، "ފައިސާ ނަގައިގެން ފްލެޓު ދޫކުރާ ކަމގެ" ހެކި އެ ޕާޓީއަށް ލިބިފައިވާ ކަމަށެެވެ.
"ފްލެޓު ކަންތަކުގައި ފައިސާ ނަގައިގެން ފްލެޓު ދޫކުރާ ކަމުގެ، އަޅުގަނޑުމެން އަތުގައި މިހާރު އެބަ ހުރި ހެއްކަށް ދަންދެން، މިކަން މިގޮތަށް އެބަ ކުރޭ، ކުރަމުންގެންދޭ،" މެންބަރު އިބްރާހިމް ވިދާޅުވި އެވެ.
މެންބަރު އިބްރާހިމް ވިދާޅުވީ، ރިޝްވަތުގެ ފައިސާ ދިނުމުން ފްލެޓު ދޫކުރަނީ ރައްޔިތުން އުޅޭ ހާލު ސަރުކާރުން ނުބަލާތީ ކަމަށެވެ.
"އާންމު މީހާ ދިރިއުޅޭ ތަން އެއް ފަހަރު ވެސް ބަލައިލި ނަމަ މިފަދަ ކަމެއް ނުކުރާނެ. މިއީ ހަމަ އެނގިގެން ހިންގާ ބޮޑު ޖަރީމާއެއް. މިކަމުގައި އެންމެ އިސްކޮށް ތިއްބެވި ސަރުކާރުގެ ވަޒީރުންނާ ހަމައަށް އުފުލާފަވާނެ މިކަންތައް މިއީ ކުރިން ވެސް ދައްކަމުން އައި ވާހަކައެއް،" އޭނާ ވިދާޅުވި އެވެ.
ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ފްލެޓު ލިބޭނެ ކަމަށް ގެޒެޓު ކުރި ލިސްޓުގައި ހިމެނޭ އެންމެނަށް ފްލެޓު ދޫކުރައްވާނެ ކަމަށެވެ. ނަމަވެސް ވެރިކަން ލިބުމުން އެމަނިކުފާނު ވަނީ މުޅި ފްލެޓު ލިސްޓު ބާތިލުކޮށްފަ އެވެ.
އެކަމަކު، ގެޒެޓު ކުރި ލިސްޓަށް ފްލެޓު ދެއްވާނެ ކަމަށް އަނެއްކާ ފަހުން މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް އޭގެ ފަހުން ވެސް އެމަނިކުފާނު ގެންދަވަނީ ގަވާއިދާ ހިލާފަށް ލިސްޓުން މީހުން އުނި ކުރަމުންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment