Advertisement

ރިސޯޓް ލީގު ސައުތު މާލެ ޒޯން: ކުއާޓާގެ ފަހު ދެ ޖާގަ ހާޑް ރޮކް އާއި އަނަންތަރާ ދިގު މޯލްޑިވްސް އަށް

8 އޮކްޓޯބަރު 2025 - 08:14 0


ރިސޯޓް ލީގު ސައުތު މާލެ ޒޯން: ކުއާޓާގެ ފަހު ދެ ޖާގަ ހާޑް ރޮކް އާއި އަނަންތަރާ ދިގު މޯލްޑިވްސް އަށް

8 އޮކްޓޯބަރު 2025 - 08:14 0

ރާއްޖޭގައި ކުރިއަށްދާ އެންމެ ފޯރިގަދަ ރިސޯޓް ފުޓްސަލް މުބާރާތް، ރިސޯޓް ލީގުގެ ސައުތު މާލެ ޒޯންގެ ކުއާޓާ ފައިނަލުގެ ފަހު ދެ ޖާގަ ހާޑް ރޮކް ހޮޓެލް މޯލްޑިވްސް އާއި އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓް އިން ހޯދައިފި އެވެ.

އެ ގޮތުން، އިއްޔެ ކުޅެފައިވަނީ، ސައުތު މާލެ ޒޯންގެ ގްރޫޕް އޭ އާއި ގްރޫޕް ބީގެ ޕްލޭއޮފް މެޗުތަކެވެ.

ޕްލޭއޮފްގައި، ހާޑް ރޮކް އާއި އެސްއޯ މޯލްޑިވްސް ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ވަނީ 1-1 އިން އެއްވަރުވެފަ އެވެ. އަދި، ޕެނަލްޓީ ޖަަހައިގެން ހާޑް ރޮކް މޮޅުވީ 7-6 އިންނެވެ. މެޗުގައި، އިސްމާއިލް ވަހީދު، އެސްއޯ މޯލްޑިވްސް އަށް ލީޑުނަގައިދިންއިރު، ހާޑް ރޮކް އަށް އެއްވަރުކޮށްދިނީ މުހައްމަދު ސުހައިލް އެވެ.

ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، އެސްއޯ މޯލްޑިވްސް އިން ފަސް ޕެނަލްޓީ ކާމިޔާބުކުރިއެވެ. އަދި، ހާޑްރޮކް މޮޅުވީ ހަ ޕެނަލްޓީ ވައްދާލައިގެންނެވެ. ހާޑް ރޮކުން ޕެނަލްޓީތައް ކާމިޔާބުކުރީ، މުހައްމަދު އައިލަމް އަބްދުﷲ، މުހައްމަދު ހައެޝަމް، އަހުމަދު މަޝީދު، މުހައްމަދު ސާމިލް، އިބްރާހިމް ޝާން އަދި، އިމްހާދު އަބްދުލް ގައްޔޫމް އެވެ. އެސްއޯ މޯލްޑިވްސް އިން ޕެނަލްޓީތައް ކާމިޔާބުކުރީ، އިސްމާއިލް ވަހީދު، އައްބާސް ސަލީމް، މުހައްމަދު ނާޖިހު، ޔައީޝް އަހުމަދު އަޝްރަފް އަދި މުހައްމަދު ހަސަން އެވެ.

އަނެއް ޕްލޭއޮފްގައި، އަނަންތަރާ ދިގު މޯލްޑިވްސް އިން ވަނީ 6-3 އިން ތާޖު އެކްސޯޓިކާ ބަލިކޮށްފަ އެވެ. މި މެޗުގައި، އަނަންތަރާގެ ލަނޑުތައް ޖެހީ، އިބްރާހިމް ޒީޝާން އަހުމަދު ހެޓްރިކެއްގެ އިތުރުން، އަހުމަދު ހުމައިދު ދެ ގޯލާއި ހުސެއިން ރާއިދު ގޯލެކެވެ. ތާޖުގެ ލަނޑުތައް ޖެހީ، ހާމިދު އަހުމަދު ދެ ގޯލާއި މުހައްމަދު މުނީޒް އެވެ.