Advertisement

ދައުލަތަށް ލިބެންޖެހޭ ފައިސާ މައާފު ކުރުމަށް ރައީސަށް އޮތް ބާރު އަތުލަންޖެހޭ: މެންބަރު ހަމީދު

7 އޮކްޓޯބަރު 2025 - 11:03 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދު އަދި ރައީސް މުހައްމަދު މުއިއްޒު ---- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު


ދައުލަތަށް ލިބެންޖެހޭ ފައިސާ މައާފު ކުރުމަށް ރައީސަށް އޮތް ބާރު އަތުލަންޖެހޭ: މެންބަރު ހަމީދު

7 އޮކްޓޯބަރު 2025 - 11:03 0

ދައުލަތަށް ލިބެން ޖެހޭ އާމްދަނީއެއް މައާފުކުރެވޭނެހެން ރައީސުލްޖުމްހުރިއްޔާއަށް ލިބިދީފައި އޮތް ބާރު އަތުލަން ޖެހޭ ކަމަށް ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ހަމީދު ވިދާޅުވީ، ދައުލަތުން ބަދަލު ދިނުމުގެ ނަމުގައި ފައިސާ ދިނުމާއި ލިބެންޖެހޭ ފައިސާ މައާފު ކުރެވޭނެ ބާރު ރައީސަށް އޮތް އޮތުން ބަދަލުކުރަން ޖެހޭ ކަމަށެވެ.

"މިފަދަ ކަންކަން ކުރެވޭ ގޮތަށް އޮތް ދޮރުތައް އަޅުގަނޑުމެން އެބަޖެހޭ ބަންދުކުރަން. އެއްވެސް ރައީސަކަށް ނުވަތަ އެއްވެސް ވުޒާރާއަަކަށް ދައުލަތަށް ލިބެންޖެހޭ އެއްވެސް މާލީ. ކިތަންމެ ކުޑަ ނަމަވެސް މިންވަރަކަށް މައާފު ދިނުމަކީ އެއްވެސް ބޭފުޅަކަށް ފަހިވެފަ އޮންނަ ފުރުސަތަކަށް ވެގެން ނުވާނެ،" ހަމީދު ވިދާޅުވި އެވެ.

އެކަން އެހެން ނުކޮށްފިނަމަ އަބަދުވެސް ފެނިގެންދާނީ ބައި މީހާއަށް މޮޅުގޮތް ހަދައި ގާތް މީހާ އަތް ރަނގަޅު ގޮތް ހޯދައިދޭ މަންޒަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބަދަލުގެ ގޮތުގައި މިދިޔަ ސަރުކާރާއި މި ސަރުކާރުން ވެސް ވަނީ ފައިސާ ދޫކޮށްފަ އެވެ. އަދި، ރައީސް މުހައްމަދު މުއިއްޒު ވަނީ ބައެއް ޓެކްސް ތަކާއި ޖޫރިމަނާގެ ގޮތުގައި ސަރުކާރަށް ލިބެންޖެހޭ ފައިސާތައް އެކި ފަހަރުމަތިން މައާފުކޮށްދީފަ އެވެ.

މިފަދަ ކަންކަން ހުއްޓުވަން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ވީހާވެސް އަވަހަކަށް ގެންނަން ޖެހޭކަން ހަމީދު ފާހަގަކުރިއިރު، ވަކި ސަރުކާރެއްގެ ވާހަކަ ވިދާޅެއް ނުވެ އެވެ. މި ސަރުކާރުން އެކަން އެގޮތަށް ނުކުރާ ކަމަކަށް ވެސް ވިދާޅެއް ނުވެ އެވެ.

ހަމީދު މިފަދައިން ވިދާޅުވީ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު އެ ކުންފުނި ހިންގެވި ދުވަސްވަރު އެންމެ ދެ އަހަރު ދުވަހުގެ ތެރޭގައި ހިންގާފައި ހުރި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ކޮރަޕްޝަން ހާމަވި އޮޑިޓު ރިޕޯޓައި ގުޅިގެން ވެރިކަންކުރާ ޕީއެންސީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރައްވަމުންނެވެ.

އެ ގަރާރުގައި ގޮވާލާފައިވަނީ ފެނަކައިގެ ހާއްސަ އޮޑިޓު ރިޕޯޓުން ފާހަގަވެފައިވާ ހިޔާނާތުގެ މައްސަލަތައް ތަހުގީގުކޮށް، އެ މައްސަލަތަކާއި ގުޅިގެން ފިޔަވަޅު އެޅުން އަވަސްކުރުމަށެވެ.