Advertisement

ރިސޯޓް ލީގުގެ ސައުތު މާލެ ޒޯންގެ ކުއާޓާގެ ހަ ޖާގައެއް ކަށަވަރުވެއްޖެ

7 އޮކްޓޯބަރު 2025 - 09:50 0

ފިހާޅޮހި އާއި ވެލައްސަރު ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ


ރިސޯޓް ލީގުގެ ސައުތު މާލެ ޒޯންގެ ކުއާޓާގެ ހަ ޖާގައެއް ކަށަވަރުވެއްޖެ

7 އޮކްޓޯބަރު 2025 - 09:50 0

ރާއްޖޭގައި ކުރިއަށްދާ އެންމެ ފޯރިގަދަ ރިސޯޓް ފުޓްސަލް މުބާރާތް، ރިސޯޓް ލީގުގެ ސައުތު މާލެ ޒޯންގެ ކުއާޓާ ފައިނަލުގެ ހަ ޖާގައެއް ކަށަވަރުވެއްޖެ އެވެ.

ސައުތު މާލެ ޒޯންގެ ހަތަރު ގްރޫޕްގެ މެޗުތައް އިއްޔެ ވަނީ ނިމިފަ އެވެ. އެ ގޮތުން، ކުއާޓާ ފައިނަލުގެ ފަހު ދެ ޖާގަ ލިބޭނީ، ގްރޫޕް އޭ އާއި ގްރޫޕް ބީގެ ޕްލޭއޮފް މެޗުތަކަށް ފަހު އެވެ. ޕްލޭއޮފްގައި ކުޅެނީ ގްރޫޕް އޭގެ ދެ ވަަނަ އާއި ތިން ވަނަ އަދި ގްރޫޕް ބީގެ ދެ ވަނަ އާއި ތިން ވަނަ ޓީމެވެ. ޕްލޭއޮފް މެޗުތައް އޮތީ މިއަދު ހަވީރު އެެވެ.

ގްރޫޕް އޭ އިން ދެ މެޗުން ވެސް މޮޅުވެގެން އެއް ވަނަ ޓީމުގެ ގޮތުގައި، ދި މެރީނާ ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. އަދި، މި ގްރޫޕްގެ ދެ ވަަނަ، ތާޖު އެކްސޯޓިކާ އާއި ތިން ވަނަ ހޯދި އަނަންތަރާ މިއަދު ޕްލޭއޮފްގައި ކުޅޭނެ އެވެ. ގްރޫޕް ބީ އިން އެއް ވަނަ ހޯދި އޮޅުވެލި އަށް ކުއާޓާގެ ސީދާ ޖާގައެއް ލިބިފައިވާއިރު، އެ ގްރޫޕްގެ ދެ ވަނަ ހާޑް ރޮކް އާއި ތިން ވަނަ އެސްއޯ މޯލްޑިވްސް އިން ޕްލޭއޮފްގައި ކުޅޭނެ އެވެ.

ގްރޫޕް ސީ އިން އެއް ވަނަ އަށް ދިޔަ ވަލްޑޯފް އާއި ދެ ވަނަ އަށް ދިޔަ ސައި ލެގޫން އަށް ކުއާޓާގެ ޖާގަ ލިބިފައިވާއިރު، ދެ ޓީމު ވެސް ނިންމާލީ ތިން މެޗުން ހަތް ޕޮއިންޓާ އެކު އެވެ. މި ގްރޫޕުން ކެޓީ ތިން ޕޮއިންޓް ހޯދި މާދޫ އާއި ތިން މެޗުން ވެސް ބަލިވި ކަނޑޫމާ އެވެ.

ގްރޫޕް ޑީގެ ފަހު މެޗުތައް އިއްޔެ ކުޅުނުއިރު، ވެލައްސަރު މޯލްޑިވްސް އިން ވަނީ 3-1 އިން ފިހާޅޮހި ބަލިކޮށްފަ އެވެ. އަދި، އޮޒެން ރިޒާވް ބޮލިފުށި އަތުން ޖޭޑަބްލިއު މެރިއަޓް ވަނީ 1-0 އިން މޮޅުވެފަ އެވެ. މި ގްރޫޕުން އެއް ވަނަ ހޯދި މެރިއަޓް އާއި ދެ ވަނައިގައި ނިންމި، ވެލައްސަރަށް ވަނީ ތިން މެޗުން ހަތް ޕޮއިންޓް ލިބިފަ އެވެ. ވެލައްސަރާއި މެރިއަަޓަށް ވަނީ ކުއާޓާގެ ޖާގަ ލިބިފަ އެވެ. މި ގްރޫޕުން ކެޓީ ތިން ޕޮއިންޓާ އެކު ތިން ވަނަ ހޯދި ބޮލިފުށްޓާއި ފުލަށް ދިޔަ ފިހާޅޮހި އެެވެ.