6 އޮކްޓޯބަރު 2025 - 12:56 0
އަހުމަދު އާއިދު
އޮމަދޫ އާއި އެ ރަށަށް ދޭން ނިންމި ތިން ފަޅު ----
6 އޮކްޓޯބަރު 2025 - 12:56 0
އދ. އޮމަދޫ ކައިރި އޮންނަ ތިން ފަޅަކީ އެ ރަށުގެ ބައެއްގެ ގޮތުގައި ރައީސް މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.
ރައީސް އޮފީހުން ބުނީ މިއީ މުއިއްޒުގެ ރިޔާސީ ވައުދެއް ފުއްދެވުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމަށެވެ. އެމަނިކުފާނު އޮމަދޫއަށް ދޭން ނިންމެވި ތިން ރަށަކީ ކުޑަދޫފަޅާއި ކޯޑު ނަންބަރު RF1329 ފަޅު އަދި ކޯޑު ނަންބަރު RF1330 ފަޅެވެ.
މި ފަޅުތައް އޮމަދޫއަށް ދޭން ނިންމީ އޮމަދޫގައި ފަތުރުވެރިކަން ހިމެނޭހެން އިގްތިސާދީ ގޮތުން ރައްޔިތުންނަށް މަންފާވާނެފަދަ ތަރައްގީގެ މަސައްކަތްތައް ހިންގުމަށްޓަކައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އޮމަދޫއަށް ތިން ފަޅު ދޭން މުއިއްޒު ނިންމެވިއިރު، އެމަނިކުފާނު މިހާރު ހުންނެވީ އދ. އަތޮޅުގަ އެވެ. މީހުން ދިރިއުޅޭ ރަށްތަަށް ކުރައްވާ މި ދަތުރުގައި އެމަނިކުފާނު މިހާތަނަށް ވަޑައިގެންނެވީ ދަނގެތި އަދި ދިގުރަށަށެވެ. މިއަދު ނޫނީ މާދަން މުއިއްޒު އޮމަދޫއަށް ވަޑައިގަންނަވާނެ އެވެ.
މިއީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނޭ ދަތުރެއް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މުއިއްޒު އެންމެ ފަހުން އަތޮޅު ތެރެއަށް ކުރެއްވީ އަށް ދުވަހުގެ ދަތުރެކެވެ. އެ ދަތުރުގެ ތެރެއިން އެމަނިކުފާނު ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންނެވި އެވެ.
Comment