Advertisement

ރޭގެ މުޒާހަރާއިން ހައްޔަރުކުރި އައްޑޫ ކައުންސިލަރު، ހުސެއިން ޒަރީރު ދޫކޮށްލައިފި

4 އޮކްޓޯބަރު 2025 - 17:06 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރޭގެ މުޒާހަރާއިން ހައްޔަރުކުރި ހުސެއިން ޒަރީރު -- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް


ރޭގެ މުޒާހަރާއިން ހައްޔަރުކުރި އައްޑޫ ކައުންސިލަރު، ހުސެއިން ޒަރީރު ދޫކޮށްލައިފި

4 އޮކްޓޯބަރު 2025 - 17:06 0

ރޭގެ މުޒާހަރާއިން ހައްޔަރުކުރި ހިތަދޫ ރަސްގެދަރަ ދާއިރާގެ ކައުންސިލަރު، ހުސެއިން ޒަރީރު ފުލުުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.

ހުސެއިން ޒަރީރު ފުލުހުންގެ ބަންދުން ދޫކޮށްލީ މިއަދުގެ މެންދުރުފަހުގެ ވަގުތެއްގަ އެވެ. އޭނާ ފުލުހުންގެ ބަންދުން ދޫކޮށްލީ މުއްދަތު ޖެހުމަށް ކޯޓަށް ނުގެންގޮހެވެ.

ހުސެއިން ޒަރީރުގެ އިތުރުން ރޭގެ މުޒާހަރާއިން އަށް މީހަކު ފުލުުހުން ހައްޔަރުކުރި އެވެ. އޭގެތެރެއިން ހަތް މީހަކު ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް މިއަދު ހާޒިރުކުރި އެވެ. ނަމަވެސް ކޯޓުން ބަންދުގެ މުއްދަތު ޖަހައިދިނީ އޭގެތެރެއިން ހަ މީހަކަށެވެ. އެ ހަ މީހުން 15 ދުވަހަށް ބަންދު ކުރަން ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ.

ރޭގެ މުޒާހަރާއިން ފުލުހުން ހައްޔަރުކުރީ:

  • ޔައުގޫބު އަބްދުالله (ކުރީގެ މަޖިލިސް މެންބަރު)
  • ޔާސިރު އަބްދުލް ލަތީފް (ކުރީގެ މަޖިލިސް މެންބަރު)
  • ހަސަން ސޮލާހު (މާފުށި ކައުންސިލް ރައީސް)
  • މުހައްމަދު ހަލަފް އިބްރާހިމް
  • އަލީ ޖުމާން
  • އަޒީމް އަލީ
  • ހަސަން ޝާކިރު
  • ހުސެއިން ޒަރީރު (އައްޑޫ ކައުންސިލް މެންބަރު)

އެމީހުންގެ ތެރެއިން މުހައްމަދު ހަލަފް އިބްރާހިމް ކޯޓުން ދޫކޮށްލީ ފުލުހުންނަށް އެއްބާރުލުން ދިނުމަށް ޝަރުތު ކުރުމަށްފަހު އެވެ.