Advertisement

ވޯލްޑް ކަޕްގައި އުޒްބެކިސްތާން ލީޑުކުރަން ކަނަވާރޯ އަށް

4 އޮކްޓޯބަރު 2025 - 08:28 0


ވޯލްޑް ކަޕްގައި އުޒްބެކިސްތާން ލީޑުކުރަން ކަނަވާރޯ އަށް

4 އޮކްޓޯބަރު 2025 - 08:28 0

ރޯމް (އޮކްޓޫބަރު 4) - އަންނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބާއްވާ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވެފައިވާ އުޒްބެކިސްތާން ފުޓްބޯޅަ ޓީމުގެ ކޯޗަކަށް އިޓަލީ އަށް 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކެޕްޓަން، ފަބިއޯ ކަނަވާރޯ ހަަމަޖައްސަން ނިންމައިފި އެވެ.

ޑިނަމޯ ޒަގްރެބްގެ ކޯޗުކަމުން ހަތަރު މަހަށް ފަހު، މިދިޔަ އޭޕްރީލް މަހުގައި ވަކިކުރި ކަނަވާރޯ ހުރީ ޓީމަކާ ހަވާލުނުވެ އެވެ، އެކަމަކު، އުޒްބެކިސްތާންގެ ފުޓްބޯޅަ އެސޯސިއޭޝަނުން، އަންނަ އަހަރުގެ ވޯލްޑް ކަޕްގައި އެ ޓީމު ލީޑުކުރުމުގެ ޒިންމާ ހަވާލުކުރުމާ އެކު، ކަނަވާރޯ ވަނީ އަނގަބަހުން އެ އަށް އެއްބަސްވެފަ އެވެ. އަދި، ވަަރަށް އަވަހަށް ކޮންޓްރެކްޓްގެ ކަންކަން ނިމިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު 2006 ވަނަ އަހަރު ހޯދި ކަނަވާރޯ އަކީ މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ޑިފެންޑަރެވެ. ކެރިއަރުގައި އޭނާ ވަނީ ޕާމާ އާއި ޔުވެންޓަސް އަދި ރެއާލް މެޑްރިޑަށް ކުޅެފަ އެވެ. އޭނާ ފުޓްބޯޅަ ކުޅުން ހުއްޓާލީ، 2011 ވަނަ އަހަރު ޔޫއޭއީގެ އަލް އަހްލީ އަށް ކުޅުމަށް ފަހު އެވެ.

މިގެ 11 އަހަރު ކުރިން، ރަސްމީކޮށް ކޯޗިން އަށް ނުކުތް، ކަނަވާރޯ ވަނީ އޭނާގެ ކޯޗިން ކެރިއަރުގައި ސައޫދީ އަރަބިއްޔާގެ އަލް ނަސްރާއި އާއި ޗައިނާގެ ކްލަބުތަކާއި ޗައިނާގެ ގައުމީ ޓީމު އަދި އިޓަލީގެ ބެނެވެންޓޯ އާއި އުދިނޭޒީގެ ކޯޗަކަށް މަސައްކަތްކޮށްފަ އެވެ.