އާކްރާ، ގާނާ (އޮކްޓޫބަރު 13) - މުހައްމަދު ކުޑޫސް ޖެހި ގޯލުން 1-0 އިން ކޮމޮރޯސްގެ މައްޗަށް ކުރިހޯދައި ގާނާ އިން އަންނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޖާގައެއް ހޯދައިފި އެވެ.
ގާނާ އަކީ އަންނަ އަހަރުގެ ވޯލްޑް ކަޕުން ޖާގަ ހޯދި އެފްރިކާގެ ފަސް ވަަނަ ގައުމެވެ. އަދި، އަންނަ އަހަރުގެ ވޯލްޑް ކަޕުން ފުރުސަތު ލިބޭ 48 ގައުމުގެ ތެރެއިން، 21 ވަނަ ގައުމެވެ. ގާނާގެ އިތުރުން، އެފްރިކާ އިން ދެން އަންނަ އަހަރުގެ ވޯލްޑް ކަޕްގެ ޖާގައެއް ހޯދީ މިސްރު، ޓިއުނީޝިއާ، މޮރޮކޯ އަދި އަލްޖީރިއާ އިންނެވެ.
ރޭގެ މޮޅާ އެކު ގާނާ އިން ވަނީ ގްރޫޕްގައި ކުޅުނު 10 މެޗުން 25 ޕޮއިންޓް ހޯދައި، ދެ ވަނައިގައި އޮތް މަޑަގަސްކަރާ އަށް ވުރެ ހަ ޕޮއިންޓް އިތުރުކޮށްފަ އެވެ. ގާނާ، ފަަހަތަށް ޖައްސާލައި، އެއް ވަނަ އަށް އަރަން އޮތް ފުރުސަތު މަޑަގަސްކަރާ އަށް ގެއްލުނީ، މާލީ އަތުން 4-1 އިން ބަލިވުމުންނެވެ.
އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގައި ގާނާ ހިމެނުނީ، އުރުގުއޭ އާއި ޕޯޗުގަލް އަދި ދެކުނު ކޮރެއާއާ އެއް ގްރޫޕެއްގަ އެވެ. ޕޯޗުގަލް އާއި އުރުގުއޭ އަތުން ބަލިވި ނަމަވެސް، ގާނާ އިން ވަނީ ދެކުނު ކޮރެއާ އަތުން މޮޅުވެފަ އެެވެ. އެހެން ނަމަވެސް، އެ ޓީމު ކެޓީ ގްރޫޕްގެ ފުލުގައި އޮވެ އެވެ.
Comment