2 އޮކްޓޯބަރު 2025 - 11:15 0
މުހައްމަދު ޝަހްޒާން
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރި މަހާޒް އަލީ ޒާހިރު -- ފޮޓޯ: އިސްމާއިލް އިމްދާދު / އަދަދު
2 އޮކްޓޯބަރު 2025 - 11:15 0
ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް އައްޔަނުކުރަން ފެނޭތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ފޮނުއްވި ނަންތަކުގެ ތެރޭގައި ޖުޑީޝަލް ސާވިސް ކޮމިޝަނުން ހިންގި ކުއްލި ގައިރު ގާނޫނީ ތަހުގީގަކަށް ފަހު ވަކިކުރި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ހިމެނިވަޑައިގެންފި އެވެ.
ޓެކްްސް އެޕީލް ޓްރައިބިއުނަލްގެ ދެ މެންބަރެއްގެ ދައުރު ހަމަވާތީ އެ މަގާމުތަކަށް އައްޔަނުކުރަން ފެނިވަޑައިގަންނަވާ ބޭފުޅުންގެ ގޮތުގައި މުއިއްޒު މަޖިލީހަށް ފޮނުއްވީ ހަތް ނަމެވެ. އޭގެތެރޭގައި އެންމެ ފުރަތަމަ އޮތީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު، މޭނާ، ގދ. މަޑަވެލި ގެ ނަމެވެ.
އޭނާގެ އިތުރުން ދެން އެ ލިސްޓުގައި ހިމެނެނީ:
އެ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް މިއަދު ވަނީ ފޮނުވައިފަ އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރަކަށް ލިވިން އެލެވެންސާއެކު މުސާރައިގެ ގޮތުގައި 30،045ރ. ލިބެ އެވެ. އޭގެއިތުރުން ފޯން އެލެވެންސްގެ ގޮތުގައި މަހަކު 1000ރ. އަދި ހާޒިރުވާ ކޮންމެ ދުވަހަކަށް ސާވިސް އެލެވެންސްގެ ގޮތުގައި 170ރ. އެ މެންބަރުންނަށް ލިބެ އެވެ.
ދަށު ކޯޓަށް ނުފޫޒު ފޯރުވިކަމުގެ ތުހުމަތެއް އުފައްދައި، ގައިރު ގާނޫނީ ތަހުގީގެއްގެ މައްޗަށް ބިނާކޮށް ފަނޑިޔާރުކަމުގެ މަގާމުން މަހާޒް ވަކިކުރީ މެއި 14، ގަ އެވެ. އޭނާގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ވެސް މަގާމުން އެ ދުވަހު ވަކިކުރި އެވެ.
ފަނޑިޔާރުންގެ މައްޗަށް ހިންގި ތަހުގީގުގައި، ގާނޫނުގައި ބުނާ އިޖުރާއަތްތައް ފުރިހަމަކޮށްފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ވަނީ ވިދާޅުވެފަ އެވެ. ޖޭއެސްސީގެ ތަހުގީގު ރިޕޯޓު ފާސް ކުރުމުން ފިލްޒާ ދެއްވި ލަފާގައި، ތަހުގީގުގައި ހުރި ގައިރު ގާނޫނީ ކަންކަން ވަނީ ފާހަގަ ކުރައްވައިފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment