Advertisement

އެންއައިސީއަށް އައްޔަނުކުރަން ފެންނަ ހަތަރު ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުވައިފި

2 އޮކްޓޯބަރު 2025 - 10:59 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މީގެ ކުރިން ބޭއްވި މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


އެންއައިސީއަށް އައްޔަނުކުރަން ފެންނަ ހަތަރު ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުވައިފި

2 އޮކްޓޯބަރު 2025 - 10:59 0

ނޭޝަނަލް އިންޓްގްރިޓީ ކޮމިޝަންގެ މެންބަރުކަމަށް އައްޔަނުކުރަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުއަށް ފެނިވަޑައިގަންނަވާ ހަތަރު މެންބަރުންގެ ނަން މަޖިލީހަށް މިއަދު ފޮނުއްވައިފި އެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންއަށް މެންބަރުންތަކެއް އައްޔަނު ކުރަން މަޖިލީހަށް ފޮނުވީ އެ ކޮމިޝަނުގައި ތިއްބަވާ ހަތަރު މެންބަރުންގެ މެންބަރުކަމުގެ މުއްދަތު މިމަހުގެ 26 ވަނަ ދުވަހަށް ހަމަވާތީ އެވެ.

އެންއައިސީގައި ތިއްބެވި ފަސް މެންބަރުންގެ ތެރެއިން މިމަހު 26، ގައި މެންބަރުކަމުގެ މުއްދަތު ހަމަވަނީ އެ ކޮމިޝަނުގެ ރައީސް، ގާސިމް އަބްދުލްކަރީމް އާއި ނައިބުރައީސް، އާއިޝަތު ނިއުޝާގެ އިތުރުން މެންބަރު، އާމިނަތު ޝާދިޔާ އަދި ޝުއައިބު އަބްދުއްރަހްމާން އެވެ.

އެންއައިސީގެ މެންބަރުކަމަށް އައްޔަނުކުރަން މަޖިލީހަށް މުއިއްޒު ފޮނުއްވި ނަންތަކުގެ ތެރޭގައި މި ފަހަރު ވެސް ޝުއައިބު ހިމެނެ އެވެ.

އެ ކޮމިޝަނަށް އައްޔަނު ކުރުމަށް މުއިއްޒު މަޖިލީހަށް ފޮނުވި ނަންތަކަކީ:

  • ޝުއައިބު އަބްދުއްރަހްމާން، ދަފުތަރު ނަންބަރު ރސ. 1188
  • ޝިފާޒް އަލީ، ދަފުތަރު ނަންބަރު ރސ. 12854
  • އަލީ މުހައްމަދު މަނިކު، ދަފުތަރު ނަންބަރު ރސ. 1851
  • ފާތިމަތު ޝަރީފް، މާކޯޅި، ގދ. ތިނަދޫ

އެ ހުރިހާ ބޭފުޅުންގެ ނަންތައް އިތުރަށް ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިއަދު ވަނީ ފޮނުވައިފަ އެވެ.