30 ސެޕްޓެންބަރު 2025 - 10:14 0
ލީވާން އަލީ ނާސިރު
30 ސެޕްޓެންބަރު 2025 - 10:14 0
އައްޑޫ ސިޓީ ހިތަދޫގައި 34 އަހަރުގެ މީހަކަށް ވަޅިން ހަމަލާދީ، މާރާމާރީ ހިންގި މައްސަލައަގައި ތުހުމަތުކުރެވޭ މީހަކު އާދީއްތަ ދުވަހު ހައްޔަރުކޮށްފި އެވެ.
މިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެ ރޭ ދަންވަރު ހިންގި އެ މަރާމާރީއާ ގުޅިގެން ހައްޔަރުކުރީ ސ. ހިތަދޫ، ސަންރީފް، އަލީ އަސްއަރު، 30، އެވެ.
އަލީ އަސްއަރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.
މާރާމާރީގައި އަނިޔާވި މީހާއަށް ފަރުވާދެމުންދަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ކަމަށާއި އޭނާގެ ހާލަތު ރަނގަޅުވަމުންދާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
އެ މައްސަލަ ތަހުގީގު ކުރަމުންދަނީ މި މައްސަލަ ތަހުގީގު ކުރަމުން ގެންދަނީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ. މި ގާނޫނުގެ ދަށުން އެހެން މައްސަލަތަކުގައި ނުލިބޭ ބާރުތައް ފުލުހުންނަށް ލިބެ އެވެ.
Comment