28 ސެޕްޓެންބަރު 2025 - 11:03 0
ނޯތު މާލެ ޒޯންގެ ޗެމްޕިއަންކަން ހޯދި ޖުމެއިރާ އިން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ
28 ސެޕްޓެންބަރު 2025 - 11:03 0
ރާއްޖޭގައި ކުރިއަށްދާ އެންމެ ފޯރިގަދަ ރިސޯޓް ފުޓްސަލް މުބާރާތް، ރިސޯޓް ލީގުގެ ނޯތު މާލެ ޒޯންގެ ޗެމްޕިއަންކަން، ޖުމެއިރާ އޮޅަހާލި އައިލެންޑް މޯލްޑިވްސް އިން ހޯދައިފި އެވެ.
ވަން އެންޑް އޮންލީ ރީތި ރަށުގައި އިއްޔެ ކުޅުނު ފައިނަލް މެޗުގައި، ޖުމެއިރާ އޮޅަހާލިން ބައްދަލުކުރީ، ވަރު ބައި އެޓްމޮސްފިއާއާ އެވެ. މި މެޗުން، ޖުމެއިރާ އޮޅަހާލި މޮޅުވީ 3-1 އިންނެވެ. ޖުމެއިރާ އޮޅަހާލީގެ ލަނޑުތައް ޖެހީ، މެޗުގެ މޮޅު ކުޅުންތެރިޔާ އަހުމަދު ޝުމާދު ދެ ގޯލުގެ އިތުރުން، ޓީމުގެ ކެޕްޓަން، އަހުމަދު ތޯއިފް އެވެ. މެޗުގައި ވަރުގެ ހަމައެކަނި ލަނޑު ޖެހީ، އަލީ މިސްބާހު އެވެ.
ފޯރިގަދަކޮށް ފެނިގެންދިޔަ، ނޯތު މާލެ ޒޯން ކުރިއަށްދިޔައީ 19 ޓީމުގެ މެދުގަ އެވެ. ވަރުގަދަ މެޗުތަކެއް ފެނުނު މި ޒޯނުގެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ، ޖުމެއިރާ އޮޅަހާލީގެ ތޯއިފް، ރާޝިދު މޫސާ، އަދި މުހައްމަދު އިޝާންގެ އިތުރުން ވަރުގެ ފަޒީލް އާއި ހުސެއިން ވަސީމް އެވެ.
އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ބަނޑޮސް މޯލްޑިވްސްގެ އަހުމަދު ޝަމާލް އެވެ. އޭނާ ވަނީ ހަ މެޗުން 10 ގޯލު ޖަހައިފަ އެވެ. މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް، ޖުމެއިރާގެ ޒިދާން ހަސަން ޒަރީރު ހޮވުނުއިރު، އެންމެ މޮޅު ކޯޗަކީ، ޖުމެއިރާގެ އަހުމަދު ނާޒް (އާކޭ) އެވެ.
Comment