Advertisement

އިންޑިއާގައި ބޭއްވި ސިޔާސީ އެއްވުމެއްގެ ތެރެއިން 39 މީހުން މަރުވެެއްޖެ

28 ސެޕްޓެންބަރު 2025 - 11:33 0

އަރުޝަމް އަބްދުالله

އަރުޝަމް އަބްދުالله


އިންޑިއާގައި ބޭއްވި ސިޔާސީ އެއްވުމެއްގެ ތެރެއިން 39 މީހުން މަރުވެެއްޖެ

28 ސެޕްޓެންބަރު 2025 - 11:33 0

އިންޑިއާގެ ޓެމިލްނާޑޫގައި ކުރިއަށް ދިޔަ ސިޔާސީ އެއްވުމެއްގައި ފިތިބާރުވެގެން 39 މީހުން މަރުވެއްޖެ އެވެ.

ހޮނިހިރު ދުވަހު ކަރޫރު ޑިސްޓްރިކްޓްގައި ކުރިއަށްދިޔަ އެެއްވުމަކީ އެގައުމުގެ މަޝްހޫރު ފިލްމީ ތަރި ވިޖޭގެ ސަޕޯޓަރުން ކުރިއަށް ގެންދިޔަ ސިޔާސީ އެއްވުމެކެވެ. އިންޑިއާގެ އޮފިޝަލުން ބުނާގޮތުގައި މި އެއްވުމުގެ ތެރެއިން މަރުވެފައިވާ މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެ އެވެ.

މި އެއްވުމުގައި ފިލްމީ ދާއިރާއިން ސިޔާސީ ދާއިރާއަށް ނިކުތް އަޖޭގެ އެތައް ހާސް ސަޕޯޓަރުންނެއް ބައިވެރި ވެފައިވެ އެވެ. އަދި މީހުން މަރުވާން ކުރިމަތިވި ސަބަބަކީ, އެއްވެފައި ތިބި މީހުންގެ ތެރޭގައި މީހުން ތާށިވެ, ފިތިގެންނެވެ.

އިންޑިއާގެ ލޯކަލް މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ އިވެންޓް ނުފެށި ގިނަ އިރުތަކަކަށް ލަސްވެފައިވެ އެވެ. އަދި އެކަމުގެ ސަބަބުން އެއްވެފައި ތިބި މީހުން އެތަނުގައި އެތައް އިރެއް ހޭދަކުރަންޖެހުނެވެ. އަދި މިއީ ވިޖޭގެ ސަޕޯޓަރުންގެ އެއްވުމެއްގައި މީހުން މަރުވި ދެވަނަ ފަހަރެވެ.

ބީބީސީގައި ރިޕޯޓުކޮށްފައިވާ ގޮތުން, ނޫސްވެރިންނާ ވާހަކަދައްކަމުން ޓެމިލްނާޑޫގެ ޗީފް މިނިސްޓަރ އެމް.ކޭ ސްޓާލިން ބުނެފައިވަނީ މި ހާދިސާގައި 39 މީހުން މަރުވެފައިވާ އިރު 51 މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބި, ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ. އަދި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 17 އަންހެނުންނާއި 13 ފިރިހެނުންނާއި 9 ކުޑަކުދިންނެވެ.

މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް އެއް މިލިއަން ރުޕީސް ނުވަތަ 11,300 ޑޮލަރު ގެ ބަދަލު ދޭނެ ކަމަށާއި މި ހާދިސާ ތަހުގީގު ކުރާނެ ކަމަށް ސްޓާލިން އިތުރަށް ބުންޏެވެ.