Advertisement

ނިބާލް، އޭދަފުށި ބެޑްމިންޓަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

27 ސެޕްޓެންބަރު 2025 - 17:23 3


ނިބާލް، އޭދަފުށި ބެޑްމިންޓަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

27 ސެޕްޓެންބަރު 2025 - 17:23 3

އޭދަފުށި ކައުންސިލް އިން އިންތިޒާމް ކޮށްގެން ބޭއްވި އޭދަފުށި ބެޑްމިންޓަން ކަޕް މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން، ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ބެޑްމިންޓަން ޓީމުގެ ނިބާލް އަހުމަދު ހޯދައިފި އެވެ.

މިއީ، ނިބާލް މި އަހަރު ތިން ފައިނަލުގައި ކުޅެގެން ހޯދި ދެ ވަނަ ތަށްޓެވެ. އެ ގޮތުން، އޭނާ ވަނީ ނައިފަރު އޯޕަން ފައިނަލުގައި، ޒަޔާން ޒަކީ އަތުން މިދިޔަ މަހު ކުރީކޮޅުގައި ބަލިވި ފަހުން، ދެން ކުޅުނު ދެ މުބާރާތް ކަމަށްވާ ދިރާގު މޯލްޑިވްސް އޯޕަން ބެޑްމިންޓަން މުބާރާތާއި އޭދަފުށީ ކަޕްގެ ފިރިހެން ސިންގަލްސް ތަށި ހޯދައިފަ އެވެ.

އެ ގޮތުން، މޯލްޑިވްސް ޖޫނިއާ އޯޕަންގެ އޯޕަން ކެޓަގަރީ ފިރިހެނުންގެ ސިންގަލްސް ފައިނަލުގައި ޒަޔާން ޒަކީ އަތުން ނިބާލް މޮޅުވިއިރު، ރޭ ކުޅުނު ފައިނަލުގައި އޭދަފުށީ މުބާރާތުގެ ފައިނަލުގައި، ނިބާލް ނުކުތީ ރިވައިވަލް އާއި ގައުމީ ސްކޮޑުގައި ހިމެނޭ ހަސަން ޒަޔާން މުހައްމަދުއާ ދެކޮޅަށެވެ. އެ މެޗުން ނިބާލް މޮޅުވީ، 21-17، 21-15 އިންނެވެ.

ގައުމީ ސިންގަލްސް ޗެމްޕިއަންކަން، 2022 ވަނަ އަހަރު ހޯދި ނިބާލް ވަނީ، ގައުމީ މުބާރާތުގެ ރަނަރަޕްގެ ގޮތުގައި ހަތަރު ފަހަރު އެ މުބާރާތް ނިންމާލައިފަ އެވެ.

އޭދަފުށީ ބެޑްމިންޓަން ކަޕްގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ލައިބާ އަހުމަދު މަހުލޫފް އެވެ. ގައުމީ ސްކޮޑުގައި ހިމެނޭ ލައިބާ ވަނީ ފައިނަލުގައި، ހައްވާ ނައުރީން މުހައްމަދު އަތުން 21-17، 21-15 އިން މޮޅުވެފަ އެވެ.