26 ސެޕްޓެންބަރު 2025 - 22:01 0
ލީވާން އަލީ ނާސިރު
މަޖީދީ މަގުގައި ހުޅުވި އައިޑިއާގެ އައު ފިހާރަ
26 ސެޕްޓެންބަރު 2025 - 22:01 0
ވެސްޓްރޭޑުގެ ފިހާރަ، އައިޑިއާ ގެ އައު ފިހާރައެއް މަޖީދީ މަގުގައި ރޭ ހުޅުވައިފި އެވެ.
އައިޑިއާއިން ވަނީ އެ ފިހާރަ ހުޅުވުމުގެ ގޮތުން އާދީއްތަ ދުވަހުގެ ނިޔަލަށް އެތަނުން ވިޔަފާރިކޮށްގެން 20 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށާފަ އެވެ.
އޭގެއިތުރުން ކަސްޓަމަރުންނަށް ތަފާތު އެކި ހަދިޔާތައް ވެސް ޕްރޮމޯޝަންގެ ދަށުން ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ފިހާރައިން ބުންޏެވެ.
އައިޑިއާއިން ބުނީ އަލަށް ހުޅުވި ފިހާރައިން އައިޑިއާގެ އެހެން ފިހާރަތަކުން ވެސް އާންމުކޮށް ހުންނަ ސާމާނުތައް ލިބޭނެ ކަމަށެވެ.
އެގޮތުން އެ ފިހާރައިން އެތެރެކުރާ ކޮރެއާގެ މަޝްހޫރު ސްކިންކެއާ ބްރޭންޑް "ސްކިން 1004" އުފެއްދުންތަކާއި ލައުރިއާ ޕެޑްގެ އިތުރުން ތަފާތު އެކި ކޮސްމެޓިކްސް އަދި މޭކަޕްކުރާ ސާމާނު ލިބެން ހުރެ އެވެ.
އައިޑިއާގެ ފިހާރައެއް މަޖީދީ މަގުގައި ހުޅުވިއިރު، އެ ތަނުގެ ފިހާރައެއް އަމީރުއަހުމަދު މަގު، ނަސަންދުރާ ކައިރީގައި ހުރެ އެވެ. އޭގެއިތުރުން ހުޅުމާލޭ ވިނަރެސްގެ އިތުރުން ފުވައްމުލަކުގައި ވެސް އައިޑިއާގެ ފިހާރައެއް ހުރެ އެވެ.
Comment