Advertisement

ބަންގްލަދޭޝްގައި ހަލުވިކަމާއެކު ޑެންގީ ފެތުރެނީ

25 ސެޕްޓެންބަރު 2025 - 12:21 1

އަރުޝަމް އަބްދުالله

އަރުޝަމް އަބްދުالله


ބަންގްލަދޭޝްގައި ހަލުވިކަމާއެކު ޑެންގީ ފެތުރެނީ

25 ސެޕްޓެންބަރު 2025 - 12:21 1

ބަނގްލަދޭޝްގައި ޑެންގީ ހުން ހަލުވިކަމާއެކު ފެތުރެން ފަށައިފި އެވެ.

ޑެންގީ ޖެހިގެން އެންމެ ދުވަހެއްގެ ތެރޭގައި 12 މީހުން މަރުވެ، 740 މީހުން ބައްޔަށް ފައްސިވެ ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްފައިވެ އެވެ. ރޮއިޓާސްގައި ރިޕޯޓުކޮށްފައިވާ ގޮތުން މި ބަލީގައި މިއަހަރުގެ މިހާތަނަށް، އެ ގައުމުގެ ގާތްގަނޑަކަށް 179 މީހުން ވަނީ މަރުވެފަ އެވެ.

އޭގެ އިތުރުން، 40,000 އަށް ވުރެ ގިނަ މީހުން ޑެންގީ އަށް ފައްސިވެފައިވެ ހޮސްޕިޓަލުގައި އެނދުމަތިކޮށްފައިވެ އެވެ. ހޮސްޕިޓަލްގައި އެނދުމަތި ކުރެވިފައިވާ މީހުންގެ ތެރޭގައި ގިނައީ އެގައުމުގެ ކުޑަކުދިންނެވެ.

މޫސުމީ ތަޖުރިބާކާރުން ބުނާ ގޮތުގައި ބަނގްލަދޭޝްގެ ވިއްސާރަ މޫސުން މި އަހަރު މި ވަނީ އާދަޔާ ހިލާފަށް ދިގުވެފަ އެވެ. މިކަމުގެ ސަބަބުން މަގުމަތީގައި އަދި އުކާލާފައި ހުންނަ ކުނިތަކުގެ ތެރޭގެ އިތުރުން އިމާރާތްކުރާ ސަރަހައްދުތަކުގައި ވަރަށް ބޮޑަށް ވަނީ ފެންބޮޑުވެފަ އެވެ.

އެފަދަ ތަންތަނަކީ މަދިރި އާލާވާ ތަންތަން ކަމުގައި އެގައުމުގެ ސިއްހީ މާހިރުން ބުނެ އެވެ. މި ހާލަތު އިތުރަށް ގޯސްވަމުންދާ އެހެން ސަބަބުތަކުގެ ތެރޭގައި، ކުނި މެނޭޖްކުރުން ދަށްވުމާއި ފެނުގެ ހިދުމަތް ރަނގަޅަށް ނުލިބުން ހިމެނެ އެވެ.

މިހާރު ފެތުރެމުންދާ ޑެންގީ ރޯގާގައި ހޮސްޕިޓަލްތައް ފުރި، އެނދުމަތިކުރެވިފައިވާ ބަލިމީހުންނަށް ފަރުވާދިނުމަށް ދަތިތަކާ ކުރިމަތި ވެފައިވާ ކަމަށް އެގައުމުގެ ޑޮކްޓަރުން ބުނެ އެވެ. ޑޮކްޓަރުން އިންޒާރުދެމުން ގެންދަނީ ބަލީގެ ކުޑަ އަލާމާތެއް ފެނުނު ނަމަވެސް ސިއްހީ ހިދުމަތްދޭ ތަނަކަށް ގޮސް ޓެސްޓު ހެދުމަށެވެ.