Advertisement

ބެޑްމިންޓަން އެސޯސިއޭޝަން އިންތިހާބު ނޮވެމްބަރު އެއް ވަނަ ދުވަހަށް ތާވަލުކުރަނީ

24 ސެޕްޓެންބަރު 2025 - 12:14 0


ބެޑްމިންޓަން އެސޯސިއޭޝަން އިންތިހާބު ނޮވެމްބަރު އެއް ވަނަ ދުވަހަށް ތާވަލުކުރަނީ

24 ސެޕްޓެންބަރު 2025 - 12:14 0

ބެޑްމިންޓަނުގެ ދުނިޔޭގެ ޖަމިއްޔާ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ ސަސްޕެންޝަނުން ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން (ބީއޭއެމް) ސަލާމަތްކުރަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، އާ އަސާސީ ގަވާއިދުގެ ކަންކަން ނިންމައި، ނޮވެމްބަރު މަހަށް އިންތިހާބު ތާވަލުކޮށްފި އެވެ.

މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު، ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް (ތޮލާ) ނިންމެވީ، ބީއޭއެމްގެ ގައުމީ ހައިސިއްޔަތު ނަގައި، އެ އެސޯސިއޭޝަން ހިންގުމާއި ހުރި މައްސަލަތައް ހައްލުކުރަން، ތިން މެމްބަރުންގެ އެޑްހޮކް ކޮމިޓީއެއް ނެގުމަށެވެ. ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބު ނުބޭއްވި އެއް އަހަރަށް ވުރެ ދިގު މުއްދަތެއް ފާއިތުވެފައިވުމާއި ދިން މުއްދަތުގައި، އެސޯސިއޭޝަންގެ ހިންގާ ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައްވެސް ގެނެވިފައި ނުވުމަކީ ދިމާވި ބޮޑެތި މައްސަލަތަކެެވެ.

އެޑްހޮކް ކޮމިޓީގެ މަސައްކަތް ނުފެށިގެން އުޅެނިކޮށް، ބީޑަބްލިއުއެފް އިން މެއި 16 ދުވަހު ރާއްޖެ ސަސްޕެންޑްކުރަން ނިންމައި، 20 ވަނަ ދުވަހު މީޑިއާގައި އެކަން އާންމުކުރި އެވެ.

އެޑްހޮކް ކޮމިޓީ އޮތްގޮތާ މެދު ބީޑަބްލިއުއެފް އިން ހިތްހަމަނުޖެހުމުން، ފަހުން ނިންމީ، އޮލިމްޕިކް ކޮމީޓީ އާއި ބީޑްބަލިއުއެފް އަދި ބީީއޭއެމްގެ ކުރީގެ ލީޑަޝިޕްގެ ބައިވެރިވުން ހިމެނޭ ގޮތަށް ވޯކިން ގްރޫޕެއް މެދުވެރިކޮށް މަސައްކަތް ކުރުމަށެވެ.

އެ ގޮތުން، ވޯކިން ގްރޫޕުން ޓައިމްލައިނެއްގެ ތެރެއިން މަސައްކަތް ކުރުމަށް ފަހު، މިހާރު ނިންމާފައިވަނީ، އަންނަ މަހުގެ ފުރަތަމަ ހަފްތާ ނޫނީ ދެ ވަނަ ހަފްތާ ތެރޭގައި، ބެޑްމިންޓަން އެސޯސިއޭޝަނުގެ ހާއްސަ ބައްދަލުވުމެއް ބާއްވައި، އާ އަސާސީ ގަވާއިދު ފާސްކުރުމުގެ އިތުރުން، ނޮވެމްބަރު އެއް ވަނަ ދުވަހު އިންތިހާބު ބޭއްވުމަށެެވެ.