Advertisement

ޑި ކޮކް، ރިޓަޔާކުރަން ނިންމި ނިންމުން ބަދަލުކޮށްފި

24 ސެޕްޓެންބަރު 2025 - 08:15 0


ޑި ކޮކް، ރިޓަޔާކުރަން ނިންމި ނިންމުން ބަދަލުކޮށްފި

24 ސެޕްޓެންބަރު 2025 - 08:15 0

ކޭޕްޓައުން، ދެކުނު އެފްރިކާ (ސެޕްޓެމްބަރު 23) - ދެކުނު އެފްރިކާގެ ވިކެޓް ކީޕަރު، ކުއިންޓަން ޑި ކޮކް، ވަން ޑޭޭ އިންޓަނޭޝަނަލް (އޯޑީއައި) ކްރިކެޓުން ރިޓަޔާކުރަން ނިންމި ނިންމުން ބަދަލުކޮށްފި އެވެ.

އުމުރުން 32 އަހަރުގެ ޑި ކޮކް، ދެކުނު އެފްރިކާގެ އޯޑީއައި ޓީމުން ރިޓަޔާކުރީ، 2023 ވަނަ އަހަރު އިންޑިއާގައި ބޭއްވި އެ ފޯމެޓްގެ ވޯލްޑް ކަޕަށް ފަހު އެވެ.

އަދި، މިދިޔަ އަހަރު ކުރިއަށްދިޔަ، ޓީ20 ވޯލްޑް ކަޕަށް ފަހު، ދެކުނު އެފްރިކާގެ އެއްވެސް ފޯމެޓެއްގެ ގައުމީ ޓީމަށް ޑި ކޮކް ކުޅެފައިނުވެ އެވެ. ރަސްމީކޮށް، ދެކުނު އެފްރިކާގެ ޓީ20 ޓީމުން ޑި ކޮކް ރިޓަޔާކޮށްފައިނުވި ނަމަވެސް، 2021 ވަނަ އަހަރު ޓެސްޓް ކްރިކެޓުން ވަނީ ރިޓަޔާކޮށްފަ އެވެ.

ދެކުނު އެފްރިކާ އިން އަންނަ މަހު ޕާކިސްތާނާ ދެކޮޅަށް ކުޅޭ އޯޑީއައި މެޗުތަކާއި ޓީ20 މެޗުތަކަށް ނެގި ސްކޮޑުން ޑި ކޮކް އަށް ޖާގަ ދޭން ނިންމީ، އެ ޓީމުގެ ކޯޗު ޝުކްރީ ކޮންރަޑްއާ އެކު ކުރިއަށްދިޔަ މަޝްވަރާތަކަށް ފަހު އެވެ.

ކޮންރަޑް ބުނީ، މިއީ ދެކުނު އެފްރިކާގެ ކްރިކެޓުގެ މުސްތަގުބަލަށްޓަކައި ވަރަށް މުހިންމު ނިންމުމެއް ކަމަށެެވެ.

އެ ގޮތުން، 2027 ވަނަ އަހަރު އޯޑީއައި ވޯލްޑް ކަޕްގެ ކޯ ހޯސްޓެއްގެ ގޮތުގައި، ދެކުނު އެފްރިކާ އޮތްއިރު، ރިޕޯޓްތައް ބުނާގޮތުން، ޑި ކޮކް، އެ ފޯމެޓަށް ކުޅުން ހުއްޓާލާނީ ވޯލްޑް ކަޕްގައި ކުޅުމަށް ފަހު އެވެ.

ދެކުނު އެފްރިކާގެ ގައުމީ ޓީމަށް ޑި ކޮކް ވަނީ، 54 ޓެސްޓް މެޗާއި 155 އޯޑީއައި މެޗުގެ އިތުރުން، 92 ޓީ20 މެޗު ކުޅެފައިވެ އެވެ.