Advertisement

ރިސޯޓް ލިގު: ނޯތު މާލެ ޒޯންގެ ސެމީގެ ފަހު ޖާގަ ބަނޑޮސް އަށް

23 ސެޕްޓެންބަރު 2025 - 18:45 0


ރިސޯޓް ލިގު: ނޯތު މާލެ ޒޯންގެ ސެމީގެ ފަހު ޖާގަ ބަނޑޮސް އަށް

23 ސެޕްޓެންބަރު 2025 - 18:45 0

ރިސޯޓް ލީގު 2025 ގެ ނޯތު މާލެ ޒޯންގެ ސެމީ ފައިނަލުގެ ފަހު ޖާގަ ބަނޑޮސް މޯލްޑިވްސް އިން ހޯދައިފި އެވެ.

ރިސޯޓް ލީގުގައި އިއްޔެ ކުޅުނީ، ގަދަ ހަ ޓީމުގެ ބުރުން ބަލިވި ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރުނު ދެ ޓީމު ކަމަަށްވާ، ބަނޑޮސް އާއި ޕަޓިނާ މޯލްޑިވްސް ފަރި އައިލެންޑް އެވެ. އެ މެޗުން، ބަނޑޮސް މޮޅުވީ، 4-2 އިންނެވެ.

ވަން އެންޑް އޮންލީ ރީތި ރަށުގައި އިއްޔެ ކުޅުނު މެޗުގައި ބަނޑޮސްގެ ލަނޑުތައް ޖެހީ، އަހުމަދު ލައިޝް، ހުސެއިން ޝާމިހު އަދި ރީހާން ޝަހީދު ދެ ގޯލެވެ. ޕަޓިނާގެ ލަނޑުތައް ޖެހީ، ފާއިގު އަހުމަދު އާއި އިބްރާހިމް ވަޖީހު އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ބަނޑޮހުގެ އަހުމަދު ޝަމާލް އެވެ.

ސެމީ ފައިނަލުގެ މެޗުތައް މާދަމާ އަށް ތާވަލުކޮށްފައިވާ ބަނޑޮހުން ކުޅޭނީ ވަރު ބައި އެޓްމޮސްފިއާއާ އެވެ. އަދި، ވަން އެންޑް އޮންލީ ރީތި ރަށުން ނުކުންނާނީ ޖުމެއިރާ އޮޅަހާލި އައިލެންޑް މޯލްޑިވްސްއާ ދެކޮޅަށެވެ.

ސެމީ ފައިނަލް މެޗުތައް މާދަމާ ކުޅުމަށް ފަހު، ފައިނަލް މެޗު އޮތީ މި މަހު 27 ވަނަ ދުވަހު އެވެ.