Advertisement

ޔޫޓިއުބުގެ ގަވާއިދުތަކާ ހިލާފުވެގެން ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ރިމޫވްކޮށްފި

23 ސެޕްޓެންބަރު 2025 - 10:53 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުއިއްޒު އަދި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު ހަލީލު: ސަރުކާރުން ޔޫޓިއުބުގެ ގަވާއިދުތަކާއި ހިލާފުވެގެން ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ވަނީ ރިމޫވްކޮށްލާފަ ---- ފޮޓޯ: ރައީސް އޮފީސް


ޔޫޓިއުބުގެ ގަވާއިދުތަކާ ހިލާފުވެގެން ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ރިމޫވްކޮށްފި

23 ސެޕްޓެންބަރު 2025 - 10:53 1

ޔޫޓިއުބުގެ ގަވާއިދުތަކާ ސަރުކާރުން ހިލާފުވި ކަމަށް ބުނެ ރައީސް އޮފީހުގެ ޔޫޓިއުބު ޗެނަލް އެ ޕްލެޓްފޯމުން ރިމޫވް ކޮށްލައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސްޕީޗުތައް ހިމެނޭހެން އެތައް އަހަރެއްގެ ވީޑިއޯ ހިމެނޭ ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް އެ ޕްލެޓްފޯމުގައި މިހާރު ފެންނާކަށް ނެތެވެ. ޗެނަލް ގެއްލިފައި މި ވަނީ، ރައީސް މުހައްމަދު މުއިއްޒު މިހާރު ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ވީޑިއޯތައް ގެންނަމުން ދަނިކޮށެވެ.

އެ ޗެނަލަށް ދިޔުމުން އެއްވެސް ވީޑިއޯއެއް އަދި ޗެނަލުގެ ޕްރޮފައިލެއް ވެސް ނުފެނެ އެވެ. ޗެނަލް ރިމޫވް ކޮށްފައިވަނީ ޔޫޓިއުބުގެ ކޮމިއުނިޓީ ގައިޑްލައިންސްއާ ހިލާފުވެގެން ކަމަށް ބުނާ ބެނާއެއް ވެސް ޗެނަލުގެ ލިންކަށް ދިޔުމުން ފެނުނެވެ. ނަމަވެސް، މިހާރު އަރަނީ އެ ޗެނަލް ވުޖޫދުގައި ނެތް ކަމަށެވެ.

ޔޫޓިއުބު ޗެނަލަށް ވީ ކިހިނެތްތޯ މެސެޖުކޮށް އެހުމުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު ވިދާޅުވީ، މިކަން ދިމާވި ސަބަބު ދެނެގަތުމަށް ސައިބާ ސެކިއުރިޓީ އާއި ބެހޭ ބޭފުޅުން ބަލަމުންދާ ކަމަށެވެ. މިކަން ދިމާވި ސަބަބެއް އެނގޭނީ އެބޭފުޅުންގެ މަސައްކަތް ނިމުމުން ކަމަށް ވެސް ހަލީލު ވިދާޅުވި އެވެ.