Advertisement

ނަޕޯލީ އަށް ރެކޯޑް ދެމެހެއްޓުނަސް ކޮންޓޭ މާ އުފަލެއް ނުވޭ

23 ސެޕްޓެންބަރު 2025 - 08:04 0


ނަޕޯލީ އަށް ރެކޯޑް ދެމެހެއްޓުނަސް ކޮންޓޭ މާ އުފަލެއް ނުވޭ

23 ސެޕްޓެންބަރު 2025 - 08:04 0

ނޭޕްލްސް، އިޓަލީ (ސެޕްޓެމްބަރު 23) - އިޓާލިއަން ލީގުގައި ރޭ ޕިސާ އަތުން 3-2 އިން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ނަޕޯލީން މި ފަހަރުގެ ލީގުގައި ކުޅުނު ހަތަރު މެޗުން ވެސް ކާމިޔާބު ހޯދިއިރު، މިއީ އަދި އުފާފާޅުކުރެވޭނެ ވަގުތެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

އިޓާލިއަން ލީގުގައި މި ސީޒަނު، ހަތަރު މެޗުން ވެސް މޮޅުވި ހަމައެކަނި ޓީމަކީ ނަޕޯލީ އެވެ. ހަތަރު މެޗުން 12 ޕޮއިންޓާ އެކު، ނަޕޯލީ އެއް ވަނައިގައި އޮތްއިރު، ދެ ވަނައިގައި އޮތް ޔުވެންޓަސް މި ހަފްތާގައި ކުޅުނު މެޗުން އެއްވަރުވެ، އެ ޓީމަށް ލިބިފައިވަނީ، ހަތަރު މެޗުން 10 ޕޮއިންޓެވެ.

"އަހަރެމެން އަދި އުފާފާޅުކުރަން އަވަސް، ހަތް ވަރަކަށް ޓީމެއް އެބައުޅޭ ރަނގަޅަށް ސީޒަން ފެށި، ތެދެއް އުފާވޭ ހުރިހާ މެޗަކުން މޮޅުވެވޭތީވެ، އެކަމަކު، ކުރަަން ހުރި މަސައްކަތް މާ ގިނަ،" ކޮންޓޭ ބުންޏެވެ.

ނަޕޯލީގެ ޑިއޭގޯ އަރްމާންޑޯ މަރަޑޯނާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ބިލީ ގިލްމޯ، 39 ވަނަ މިނިޓްގައި ޖެހި ގޯލުން ނަޕޯލީން ލީޑުނެގިއެވެ. މިއީ، ޕްރޮފެޝަނަލް ކްލަބް ފުޓްބޯޅައިގައި ގިލްމޯގެ ފުރަތަމަ ގޯލެވެ. އެކަމަކު، ދެ ވަނަ ހާފުގައި ޕިސާގެ ކުޅުން ރަނގަޅުކޮށް، 60 ވަނަ މިނިޓްގައި، ޕެނަލްޓީއެއް ގޯލަށް ވައްދާލައި، އެއްވަރުކުރި އެވެ. މިއީ، ޕިސާގެ އެމްބާލާ އެންޒޯލާ ޖެހި ގޯލެކެވެ.

އޭގެ ފަހުން، މެޗުގެ 72 ވަނަ މިނިޓްގައި، ލެއޮނާޑޯ ސްޕިނަޒޯލާ ވަނީ ފެބްރުއަރީގެ ފަހުން އޭނާ ޖެހި ފުރަތަމަ ގޯލުން ނަޕޯލީ އަށް އަލުން ލީޑުނަގައިދީފަ އެވެ. އަދި، އޭގެ 10 މިނިޓް ފަހުން، ލޮރެންޒޯ ލޫޫކާ ވަނީ ނަޕޯލީ އަށް ޖަހައިދިން ފުރަތަމަ ގޯލާ އެކު، ލީޑުފުޅާކޮށްދީފަ އެވެ. އަލްބާޓޯ ޖިލާޑީނޯ ކޯޗުކޮށްދޭ ޕިސާ އިން ދެ ވަނަ ލަނޑު ޖެހީ، އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގަ އެެވެ. ލޮރާން އެވެ.