Advertisement

ޓެމްޕޯ ގަރާޖް ޖިމްގެ ފްރެންޗައިޒަކަށްވުމުގެ ފުރުސަތު ހުޅުވާލައިފި

22 ސެޕްޓެންބަރު 2025 - 17:33 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ޓެމްޕޯ ގަރާޖް ޖިމްގެ ފްރެންޗައިޒަކަށްވުމުގެ ފުރުސަތު ހުޅުވާލައިފި

22 ސެޕްޓެންބަރު 2025 - 17:33 0

ފިޓްނަސް ދާއިރާގައި ރާއްޖޭގެ ތަޖުރިބާކާރުންގެ ތެރޭގައި ހިމެނޭ ހުސެން ޒިނާން އާއި އޭނާގެ އަނބިމީހާ މަރިޔަމް ނަބީލާ އުފެއްދި ޓެމްޕޯ ގަރާޖް ޖިމްގެ ފްރެންޗައިޒަކަށްވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޓެމްޕޯއަކީ ބޮޑު ޖިމެއް އަޅައިގެން ހިދުމަތް ދިނުމުގެ ބަދަލުގައި ޕްރައިވެޓް ގްރޫޕްތަކަށް ވަކިން ހިދުމަތް ދޭ ތަނެކެވެ. އޭގެ ސަބަބުން ނިކުންނަ ނަަތީޖާ ވެސް ރަނގަޅު ކަމަށް ޓެމްޕޯއިން ދެކެވެ އެވެ.

ޓެމްޕޯގެ ފްރެންޗައިޒަކަށްވާން ހުޅުވާލުމާއެކު އަމިއްލަ ރަށުގައި އެ ތަނުގެ ނަމުގައި ފްރެންޗައިޒެއް ހެދުމުގެ ފުރުސަތު ވަނީ ހުޅުވިފަ އެވެ.

ފްރެންޗައިޒަކަށްވުމުން ފަހިވާ ފުރުސަތުތައް:

  • އިންސްޓްރަކްޓަރުންނަށް ޓްރެއިނިން ދިނުން
  • ޕްރޮގްރާމްތައް ޑިޒައިން ކޮށްދިނުން
  • ކުޑަ ތަންކޮޅެއްގައި ވިޔަފާރިއެއް ފެށުން

ޓީއެފްޖީގެ ސީއީއޯގެ މަގާމު ވެސް ގިނަ ދުވަހަކު ފުރި ޒިނާން އާއި ނަބީލާ ޓެމްޕޯ އުފެއްދިއިރު އެ ދެމެފިރިންގެ ވިސްނުމުގައި ހުރީ އައު ޖިމެއް އެޅުމުގެ ވިސްނުމެއް ނޫނެވެ. އޭގެ ބަދަލުގައި ރާއްޖޭގެ މާހައުލާ ގުޅޭ އައު ކޮންސެޕްޓެއް އުފަން ކުރުވުމަކީ އެ ދެމެފިރިންގެ އަމާޒެވެ.

މިއަދު ފިޓްނަސް ދާއިރާ މުޅިންހެން އަންނަނީ ބަދަލުވަމުންނެވެ. އެގޮތުން އެކި ވަރުގަދަ މެޝިންތަކާއެކު ގިނަ މީހުންނާއެކު ފުރިބާރުވާ ޖިމްތަކަށް މީހުން ދިޔުން ދަނީ މަދުވަމުންނެވެ. އޭގެ ބަދަލުގައި މިހާރު ކުދި ގްރޫޕްތަކުން އަމިއްލައަށް ފިޓްނަސް ހަރަކާތްތައް ހިންގުން ވަނީ އިތުރުވެފަ އެވެ.