22 ސެޕްޓެންބަރު 2025 - 07:04 0
22 ސެޕްޓެންބަރު 2025 - 07:04 0
ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (ސެޕްޓެމްބަރު 22) - ސްޕެއިނުގެ ކްލަބް އެތުލެޓިކޯ މެޑްރިޑްގެ މެޖޯރިޓީ ހިއްސާ އެމެެރިކާގެ ކުންފުންޏެއް ކަމަށްވާ އެޕޯލޯ ގްލޯބަލް މެނޭޖްމަންޓުން ގަންނަން އުޅޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މިލްކިއްޔާތުގައި، 840 ބިލިއަން ޑޮލަރު ހުރި އެޕޯލޯ ގްލޯބަލް މެނޭޖްމަންޓް ގްރޫޕުން އެތުލެޓިކޯގެ މެޖޯރިޓީ ހިއްސާ ގަންނަން ނިންމީ، ޔޫރަޕްގެ ފުޓްބޯޅަ މާކެޓަށް އިންވެސްޓް ކުރުމުގެ ގޮތުންނާއި އެ ކުންފުނި ދުނިޔޭގެ ލެވަލްގައި އިސްތިހާރުވުމުގެ ނިސްބަތް އިތުރު ކުރުމުގެ ގޮތުންނެވެ.
އެ ގޮތުން، އެޕޯލޯ ގްލޯބަލް އިން އެތުލެޓިކޯގެ މެޖޯރިޓީ ކޮންޓްރޯލް ނެގުމަށް، ތިން ބިލިއަން ޑޮލަރު އިންވެސްޓް ކުރަން ވަނީ ތައްޔާރުވެފަ އެވެ.
އެތުލެޓިކޯގެ އޮފިޝަލުންނާ ހަވާލާދީ ސްޕެއިނުގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ސްޕެެއިނުގެ ވިޔަފާރި އަތުގައި ކޮންޓްރޯލް ބޭއްވުމަށް ބާރު އެޅުމުގެ ގޮތުން، އެތުލެޓިކޯގެ ޗެއާމަން، އެންރީކޭ ސެރޭޒޯ އާއި ސީއީއޯ، މިގޭލް އެންޖެލް ގިލް މަރީން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
މި ވަގުުތު އެތުލެޓިކޯގެ މެޖޯރިޓީ ހިއްސާ އޮތީ، ސެރޭޒޯ އާއި ގުލް މަރީންގެ ހިއްސާ އޮންނަ ކުންފުނިތަކެއް އަތުގަ އެވެ. އެހެންކަމުން، އެތުލެޓިކޯ ވިއްކާލުމުގެ ޑީލުގައި ފުރަތަމަ އެޕޯލޯ ގްލޯބަލް، މައިނޯރިޓީ ހިއްސާދާރެއްގެ ރޯލަށް އައުމުގެ ފުރުސަތު އެބައޮތެވެ. އަދި، ފަހުން އެ ކުންފުނިން، އެ ކްލަބްގެ މެޖޯރިޓީ ކޮންޓްރޯލް ނަގަން މަަސައްކަތް ކުރާނެ ކަމަށް އެމެރިކާގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
Comment