Advertisement

ފެޑޯއިން ރާއްޖޭގެ ފުރަތަމަ ކޮންސްޓްރަކްޝަން ބޮންޑް ނެރެ، 48.9 މިލިއަން ރުފިޔާ ހޯދައިފި

21 ސެޕްޓެންބަރު 2025 - 19:25 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ފެޑޯ ޕްރައިވެޓް ލިމިޓެޑް އިން ނެރުނު ކޮންސްޓްރަކްޝަން ބޮންޑްގެ ކާމިޔާބީ ފާހަގަކުރުން: މި ބޮންޑު ނެރުމުގެ ކަންކަން ރާވައި ހިންގީ ދިވެހި އިންވެސްޓްމަންޓް ޕާޓްނާސްއިން -- ފޮޓޯ: ޑީއައިޕީ


ފެޑޯއިން ރާއްޖޭގެ ފުރަތަމަ ކޮންސްޓްރަކްޝަން ބޮންޑް ނެރެ، 48.9 މިލިއަން ރުފިޔާ ހޯދައިފި

21 ސެޕްޓެންބަރު 2025 - 19:25 0

ދިވެހިރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުންޏަކުން ދޫކުރި ފުރަތަމަ ބޮންޑް، ފެޑޯ ޕްރައިވެޓް ލިމިޓެޑް (ފެޑޯ) އިން ކާމިޔާބުކަމާއެކު ނެރެ، 48.9 މިލިއަން ރުފިޔާ ހޯދައިފި އެވެ.

ވިޔަނަ ޕްލެޓްފޯމް މެދުވެރިކޮށް ޕްރައިވެޓް ޕްލޭސްމަންޓެއްގެ ގޮތުގައި ނެރެފައިވާ އެ ބޮންޑަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް އާއި އިންޝުއަރަންސް ކުންފުނިތައް ހިމެނޭ ގޮތަށް އިންސްޓިޓިއުޝަނަލް އިންވެސްޓަރުންނާއި ރީޓެއިލް އިންވެސްޓަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނެވެ. އެ ބޮންޑަކީ 8.50 ޕަސަންޓުގެ އިންޓަރެސްޓް ލިބޭ، ފަސް އަހަރު ދުވަހުގެ ބޮންޑެކެވެ.

އިމާރާތް ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުންޏަކުން ބޮންޑެއް ނެރުނު ފުރަތަމަ ކުންފުނީގެ ލަގަބު ހޯދާފައިވާ ފެޑޯއިން ވަނީ ރާއްޖޭގެ ކެޕިޓަލް މާކެޓްގައި އައު ސަފުހާއެއް ހުޅުވާފަ އެވެ.

ފެޑޯއިން އެ ބޮންޑް ނެރުމުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި އެހެން ކުންފުނިތަކަށް ވެސް ކެޕިޓަލް މާކެޓް މެދުވެރިކޮށް ފައިނޭންސިން ހޯދުމުގެ މަގު ހުޅުވޭނެ ކަމަށް އެ ކުންފުނިން ގަބޫލުކުރެ އެވެ.

މިއީ ވިޔަފާރި މަޝްރޫޢުތަކަށް ފައިނޭންސް ހޯދުމުގައި ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓްގެ ދައުރު އިތުރުވަމުން އަންނަކަން ހާމަކޮށްދޭ ކަމެއް ކަމަށާއި އަމިއްލަ ވިޔަފާރިތަކަށް އެ ފަރާތްތަކުގެ ފަންޑިންގ ބޭސް ފުޅާކުރުމަށް ލިބޭ ފުރުސަތުތެއްކަން ކަމަށް ފެޑޯއިން ބުންޏެވެ.

އެ ބޮންޑް ނެރުމުގެ މަސައްކަތް ރާވައި ހިންގީ ރާއްޖޭގެ ލައިސަންސް ލިބިފައިވާ އިންވެސްޓްމަންޓް މެނޭޖްމަންޓް އަދި އެޑްވައިޒަރީ ކުންފުނި، ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް (ޑީއައިޕީ) އިންނެވެ.

ލީޑް އެރޭންޖަރެއްގެ ހައިސިއްޔަތުން ޑީއައިޕީ އިން އެ މުއާމަލާތް އެކުލަވާލުމާއި ތަންފީޒުކުރުމުގައި މައިގަނޑު ދައުރެއް އަދާކޮށްފައިވެ އެވެ.