Advertisement

އޭޓީއެމް ހުޅުވުމަށް މުއިއްޒު ހަތަރު އަތޮޅަކަށް

19 ސެޕްޓެންބަރު 2025 - 09:13 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުހައްމަދު މުއިއްޒު ރަށެއްގެ އޭޓީއެމް ހުޅުވައި ދެއްވަނީ. -- ފޮޓޯ: ރައީސް އޮފީސް


އޭޓީއެމް ހުޅުވުމަށް މުއިއްޒު ހަތަރު އަތޮޅަކަށް

19 ސެޕްޓެންބަރު 2025 - 09:13 0

ކައުންސިލްތަކުގެ އިންތިހާބު ބޯމަތިވެފައި ވާއިރު، ރައީސް މުހައްމަދު މުއިއްޒު ހަތަރު އަތޮޅަކަށް ކުރައްވާ ދަތުރުގައި މިއަދު ފުރާވަޑައިގަންނަވާނެ އެވެ.

މުއިއްޒު ރަށްރަށަށް މިހާރު ކުރައްވާ ދަތުރުގައި އެންމެ ކުލަ ގަދަ ގޮތެއްގައި ފާހަގަ ކުރާ އެއް ކަމަކީ ބީއެމްއެލްގެ އޭޓީއެމް ހުޅުވައި ދެއްވުމެވެ.

އޭގެ އިތުރުން އާ މަޝްރޫއުތައް ފައްޓަވައި ދެއްވަ އެވެ. އަދި ރައްޔިތުންނާ ބައްދަލުކުރައްވައި އާ ވައުދުތައް ވެސް އިއުލާނު ކުރައްވަ އެވެ.

ބައެއް ރަށްރަށުންނާއި ސަރުކާރުގެ ބައެއް އޮފިޝަލުން އަދަދު ނޫހަށް ބުނީ ރައީސް މުއިއްޒު މިއަދު ފުރަތަމަ ވަޑައިގަންނަވާނީ ވ. އަތޮޅަށް ކަމަށެވެ. މިއަދު ވަޑައިގަންނަވާނީ ފުލިދޫ، ތިނަދޫ އަދި ފެލިދޫ އަށެވެ. މާދަމާ ވަޑައިގަންނަވާނީ ކެޔޮދޫ އަދި ރަކީދޫ އަށެވެ.

މި މަހުގެ 19-26 ގެ ނިޔަލަށް ކުރައްވާ ދަތުރުގައި ވ. އަތޮޅު ނިންމެވުމަށް ފަހު، ފ، މ. އަދި ތ. އަތޮޅަށް މުއިއްޒު ވަޑައިގަންނަވާނެ އެވެ.

އަދަދު ނޫހަށް އެނގިފައިވާ ގޮތުގައި ވ. އަތޮޅުގެ ތިން ރަށެއްގައި އަދި ފ. އަތޮޅުގެ ހަތަރު ރަށެއްގައި އޭޓީއެމް ހުޅުވާނެ އެވެ.

މ. އަތޮޅާއި ތ. އަތޮޅުގައި އޭޓީއެމް ހުޅުވާ ރަށްތަކަށް އޭޓީއެމް ގެންގޮސް، ވަނީ ބަހައްޓައިފަ އެވެ. އެ އޭޓީއެމްތައް ވެސް ރައީސްގެ ދަތުރުގައި ހުޅުވާނެ އެވެ.