Advertisement

ނޫސްތައް ރެގިއުލޭޓުކުރަން ނޫސްވެރިންގެ އަމިއްލަ ނިޒާމެއް އުފައްދަނީ

19 ސެޕްޓެންބަރު 2025 - 08:17 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ނޫސްވެރިކަމާއި ހިޔާލު ތަޅުއަޅުވާ ބިލް ފާސްނުކުރަން ގޮވާލައި މުލިއާގޭ ކައިރީގައި ނޫސްވެރިން މުޒާހަރާ ކުރަނީ. -- ފޮޓޯ: އަދަދު


ނޫސްތައް ރެގިއުލޭޓުކުރަން ނޫސްވެރިންގެ އަމިއްލަ ނިޒާމެއް އުފައްދަނީ

19 ސެޕްޓެންބަރު 2025 - 08:17 0

ނޫސްވެރިކަމާއި ހިޔާލުގައި ތަޅު އެޅުވުމަށް ރައީސް މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވި ބިލާއެކު މިހާރު އޮތް ސެލްފް ރެގިއުލޭޓަރީ ނިޒާމު ފުނޑިގެން ދިޔުމުން ދިވެހި ނޫސްވެރިން އަމިއްލަ ނިޒާމެއް ގާއިމު ކުރަން މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަން (އެމްޖޭއޭ) އިން ނިންމައިފި އެވެ.

މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ނަމުގައި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހެޅުއްވި ބިލަކީ ސަރުކާރުގެ ބިލެއް ކަމަށް، އެ ބިލް ފާސްކުރި ދުވަހު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމު ވިދާޅުވި އެވެ. އަދި އެ ބިލް ހުށަހެޅި ކަމަށްޓަކައި ޕީއެންސީގެ ބައެއް މެންބަރުން ރައީސް މުހައްމަދު މުއިއްޒު އަށް ވެސް ޝުކުރު އަދާކުރެއްވި އެވެ.

އެ ބިލް އިއްޔެ ތަސްދީގުކުރެއްވުމާއެކު އެމްޖޭއޭއިން ރޭ ބޭއްވި ބައްދަލުވުމުގައި "ފްރީ ޕްރެސް ކައުންސިލެއް" އުފައްދަން ފާސްކޮށް، އެކަމުގެ އިދާރީ މަސައްކަތްތައް ކުރަން ފަސް މެންބަރުންގެ ކޮމިޓީއެއް ވަނީ އުފައްދައިފަ އެވެ.

އެ ކޮމިޓީގައި ހިމެނެނީ

  • ދައުރު ނޫހުގެ އަހުމަދު ޒާހިރު (ހިރިގާ)
  • އެމްޖޭއޭގެ ކޮންސަލްޓަންޓު ⁠މުހަމަދު ޖުނައިދު
  • މިހާރު ނޫހުގެ ⁠⁠މުހައްމަދު ހަމްދޫން
  • އައިޝަތު ޝިއުރާ
  • ⁠މިހާރު ނޫހުގެ ނާޒިމް ހަސަން

މީޑިއާ ކައުންސިލެއް އުފައްދައި މެންބަރުން އިންތިހާބުކޮށް ނޫސްތަކުގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅޭނެ ނިޒާމު ފުރަތަމަ އެކުލަވާލީ، މިހާރު އޮތް ގާނޫނުއަސާސީ ތަސްދީގުކުރެއްވުމުގެ ކުރިން ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގަ އެވެ. އޭރު އިންފޮމޭޝަން މިނިސްޓަރަކަށް ހުންނެވީ މަޝްހޫރު ގާނޫނީ ވަކީ މުހައްމަދު ނަޝީދު އެވެ.

ނަމަވެސް އިއްޔެ ފާސްކުރި ބިލާއެކު މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވިގެންދިޔަ އެވެ. އެހެން މުއިއްޒު ވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ނަމުގައި މުއައްސަސާއެއް އުފައްދަވައިފަ އެވެ.

ނޫސްވެރިންގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ އަމިއްލަ ނިޒާމެއް ގާއިމުކުރަން ފާސްކުރުމުގެ އިތުރުން ގާނޫނު ބާތިލްކުރަން ހައިކޯޓަށް ހުށަހެޅުމާއި އަލަށް އުފައްދާ މީޑިއާ ކޮމިޝަންގެ އިންތިހާބު ބޮއިކަޓުކުރަން ބާރު އެޅުން އަދި ސެޕްޓެމްބަރު 16 ވަނަ ދުވަހު ފުލުހުން ނޫސްވެރިންނަށް އަނިޔާކުރި މައްސަލަ އާއި ނޫސްވެރިންގެ މުދަލަށް ގެއްލުން ދިން މައްސަލަ ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމުގެ އިތުރުން ޕޮލިސް ކޮމިޝަނަރާ ބައްދަލުކުރަން ފާސްކުރި އެވެ.