18 ސެޕްޓެންބަރު 2025 - 11:36 0
އެމްއެންޑީއެފްއިން އަލިފާން ނިއްވާލުމަށް ހަރަކާތްތެރިވަނީ
18 ސެޕްޓެންބަރު 2025 - 11:36 0
މާލޭގައި ހުންނަ އެންމެ ބޮޑު ސިޓީ ހޮޓެލް ކަމަށްވާ ބާސެލޯ ނަސެންދުރާގެ ކުނި ބަހައްޓާ ސަރަހައްދުގައި އަލިފާން ރޯވެގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވެއްޖެ އެވެ.
އެ ސަރަހައްދުގައި ހުރި އަދަދުގެ ނޫސްވެރިޔާ މައުލޫމާތު ދިން ގޮތުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއިން ވަނީ މިހާރު އެ އަލިފާންގަނޑު ނިއްވާލާފަ އެވެ.
އަލިފާން ރޯވި ވަގުތު އެ ތަނުގެ ކައިރީގައި ހުރި މީހަކު އަދަދުގެ ނޫސްވެރިޔާއަށް ކިޔައިދިން ގޮތުގައި އަލިފާން ރޯވީ ބާރު އަޑެއް ގޮވުމަށް ފަހު އެވެ. ރޯވި ވަގުތު ދުވީ ރަބަރު ރޯވުމުން ދުވާ ފާޑުގެ ވަހެއް ކަމަށް އެ މީހާ ބުންޏެވެ.
އަލިފާން ރޯވުމާއެކު އެ ހޮޓެލްގައި ތިބި ގެސްޓުން ވެސް މަގުތަކަށް ނެރުނެވެ.
Comment